12 ޖޫން 2025 - 10:14 0
12 ޖޫން 2025 - 10:14 0
ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސް މިއަދު ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ރާއްޖެ ހިމެނޭހެން ސަރަހައްދުގެ ހަތަރު ގައުމަކުން ވާދަކުރާ މި މުބާރާތް އޮތީ ޒުވާނުގެ މަރުކަޒު އެތެރޭ ކޯޓުގަ އެވެ. މި މުބާރާތުގައި، އަންހެން އަދި ފިރިހެން ކެޓަގަރީ ވެސް ކުރިއަށްދާއިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ، އިންޑިއާ، ސްރީ ލަންކާ އަދި ބަންްގްލަދޭޝް އެވެ.
މި މަހުގެ 15 ގެ ނިޔަަލަށް ކުރިއަށްދާ މި މުބާރާތް މިއަދު، 12:00 ޖަހާއިރު ފަށާނީ އިންޑިއާ އާއި ބަންގްލަދޭޝް ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުންނެވެ.
އަދި، އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި، 14:30 ގައި، އިންޑިއާ އިން ކުޅޭނީ ސްރީ ލަންކާ އެެވެ.
ރާއްޖޭގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމުގެ ފުރަތަމަ މެޗު އޮތީ މިރޭ 20:00 ގައި ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި، އަންހެން ޓީމުގެ ފުރަތަމަ މެޗު އޮތީ މިއަދު، 17:30 ގައި، ބަންގްލަދޭޝާ ދެކޮޅަށެވެ.
އަންހެން ޓީމުގެ ދެ ވަނަ މެޗުގައި، މާދަމާރޭ 20:00 ސްރީ ލަންކާއާ ކުޅޭއިރު، ފިރިހެން ޓީމުގެ ދެ ވަނަ މެޗުގައި، މާދަމާ 17:30 ގައި ބައްދަލުކުރާނީ އިންޑިއާއާ އެވެ.
ލީގު ބުރުގައި، އަންހެންް ޓީމު ކުޅޭ ފަހު މެޗުގައި، ހޮނިހިރު ދުވަހު، 17:30 ގައި، އިންޑިއާއާ ބައްދަލުކުރާއިރު، އެރޭ 20:00 ގައި، ފިރިހެން ޓީމުން ލީގު ބުރުގެ ފަހު މެޗުގައި، ބަންގްލަދޭޝާ ކުރިމަތިލާނެ އެވެ. އާދިއްތަ ދުވަހު ކުރިއަށްދާނީ ރޭންކިން މެޗުތަކެވެ.
މި މުބާރާތުގައި ބައިވެރިވާ ގައުމީ ޓީމުތަކުގެ ޖޯޒީ ހަވާލުކޮށްދިނުމުގެ އިތުރުން، ޓީމަށް ހިތްވަރު ދިނުމަށް ބޭއްވި އިވެންޓްގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވި އެވެ.
Comment