Advertisement

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

12 ޖޫން 2025 - 09:20 3

މީހާ މަރުވެފައި އޮއްވައި ފެނުނު އިމާރާތް. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމްއެޗުގައި ކަމަށް މައުލޫމާތު ލިބޭ


މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

12 ޖޫން 2025 - 09:20 3

މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި މީހަކު ފެނިގެން ފުލުހުންގެ ތަހުގީގެއް ފަށައިފި އެވެ.

ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނުނީ މައްޗަންގޯޅީގައި ހުރި ގެއަކުންނެވެ. އެ އިމާރާތުގެ ކައިރިއަށް އެމްބިއުލާންސާއި ސިއްހީ އެހީތެރިން ދިޔައީ ހެނދުނު 06:35 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު ނެރެގެން ގެންދިޔައީ 08:30 ހާއިރު އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ހއ. ހޯރަފުށީ، ކުދިލުނބޯގެ، މުހައްމަދު ރާޒީ އެވެ.

އޭނާގެ މަރާ ގުޅޭ ތަހުގީގުގެއް ފެށިކަން ޔަގީންކޮށްދިން ނަމަވެސް އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެެ.