Advertisement

ހުލާސާކޮށް އިއްޔެ: މެންބަރު ސިނާނުގެ މައްސަލައިގައި "ތަޅު އެޅުވުން"

10 ޖޫން 2025 - 06:45 0

މެންބަރު ސިނާން. -- އާޓްވޯކް: އިސްމާއީލް އިމްދާދު


ހުލާސާކޮށް އިއްޔެ: މެންބަރު ސިނާނުގެ މައްސަލައިގައި "ތަޅު އެޅުވުން"

10 ޖޫން 2025 - 06:45 0

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންގޮސް ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފާއިތުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް ސިނާނުގެ ކިބައިން އުނިވެގެން ދިޔަ ކަމަށް ބުނަނީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް އެ އެއްބަސްވުމާ ހިލާފުވެފައިވާތީ ހުށަހެޅި މައްސަލައިގެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުންނެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

ސިނާނު ހިމެނޭހެން އިސްލާމިކް ބޭންކުން ނެގި ލޯނު ނުދެއްކިގެން ހުށަހެޅި މައްސަލައިގައި ހިތަދޫ ކޯޓުން ހުކުމްކުރީ އޮކްޓޯބަރު 14، 2024 ގަ އެވެ. އެ ހުކުމުގައި ބުނަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ.

ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން އެ ފައިސާ ދައްކާފައި ނުވާތީ، ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޣާލިބު ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެވެ.

ސިނާނުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައިގައި ހިމެނޭ ފައިސާ ވަނީ ދައްކައިފަ އެވެ. ނަމަވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އޭނާ އޮތީ ފައިސާ ނުދައްކަ އެވެ. އެހެންވެ، އެއީ ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ހާލަތެކެވެ.

ރައްޔިތުންގެ މެންބަރެއްގެ ގޮނޑިއާމެދު ހުށަހެޅޭ މައްސަލަތައް ފަސް ފަނޑިޔާރުންގެ ބެންޗުން ކުރިޔަށް ގެންދެވޭނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށްޓަކައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު، ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި އެވެ. ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރެއްވުމާއެކު މެންބަރު ސިނާނުގެ ގޮނޑީގެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރަށް ފަނޑިޔާރުންގެ އަދަދު ވަނީ ހަމަވެފަ އެވެ،

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަން ކުރެއްވީ އޭޕްރީލް 7 ގަ އެވެ. ނަމަވެސް ދެ މަސް ދުވަސް ވޭތުވެގެން ދިޔައިރު ވެސް ސިނާނުގެ މެންބަރުކަން ގެއްލިފައިވާ ބުނެ ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލެއް ނުކުރި އެވެ.

މިއަދުގެ މޫސުން


- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވޭރޭވެހުން އެކަށީގެންވޭ - ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް. - އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ. ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެން ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. - ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:35
  • އިރުއަރާ 05:53
  • މެންދުރު 12:09
  • އަޞްރު 15:33
  • މަޣްރިބް 18:18
  • ޢިޝާ 19:36

މުހިއްމު ބައެއް ހަބަރު