Advertisement

ޝެއިޚް ފަރީދު ނިޔާވެއްޖެ

9 ޖޫން 2025 - 19:11 1


ޝެއިޚް ފަރީދު ނިޔާވެއްޖެ

9 ޖޫން 2025 - 19:11 1

ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝެއިޚް އިބްރާހިމް ފަރީދު މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

އާއިލާގެ ފަރާތުން އަދަދުއަށް މައުލޫމާތު ދިން ގޮތުގައި ފަރީދު ނިޔާވީ މިއަދު މެލޭޝިއާގެ ކުއަލަލަމްޕޫރުގަ އެވެ. އެގޮތުން ނިޔާވީ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2003 ވަނަ އަހަރު ދީނީ ނަސޭހަތް ދިނުމަށް ޝެއިހު ފަރީދަށް ދޫކޮށްފައި އޮތް ހުއްދަ ވެސް ބާތިލު ކުރި އެވެ.

ޝެއިހު ފަރީދަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.

އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ހައްދަވައިގެން ދީނީ އިލްމު ފެތުރުއްވުމަށް ޝެއިހު ފަރީދު މަސައްކަތް ކުރެއްވި އެވެ.

ތަފާތު ގިނަ ދާއިރާތަކަކުން އެކު ދުވަސްވަރު ޝެއިހު ފަރީދު ވަނީ ދަރުސް ދެއްވާފަ އެވެ. ޝެއިހު ފަރީދުގެ ދަރުސްތަކަކީ އާންމުންގެ ގިނަ ބަޔަކު ދާ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ދަރުސްތަކެކެވެ.