Advertisement

ހައްޖުގެ އަޅުކަން އަދާކުރަން ރައީސްގެ ދެކަނބަލުން ސައުދީއަށް ކުރެއްވި ދަތުރު ނިންމާލައިފި

9 ޖޫން 2025 - 14:51 1


ހައްޖުގެ އަޅުކަން އަދާކުރަން ރައީސްގެ ދެކަނބަލުން ސައުދީއަށް ކުރެއްވި ދަތުރު ނިންމާލައިފި

9 ޖޫން 2025 - 14:51 1

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރު ނިންމަވާލައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގަތީ މެއި 31، ގަ އެވެ. އެމަނިކުފާނާ އެކު ސަރުކާރުގެ އިސްވެރިންގެ ހިމެނޭ ވަފުދެއް ވެސް ސައުދީއަށް ވަޑައިގަތެވެ.

އެ ވަފުދުގައި ހިމެނެނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުގެ ދެކަނބަލުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެ ކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝެއިހް މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ އެވެ.

އެ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ވެސް ބައްދަލުކުރެއްވި އެވެ. އޭގެ އިތުރުން، ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ޙައްޖު އެންޑް އުމްރާ، ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ވެސް ބައްދަލުކުރެއްވި އެވެ.