4 ޖޫން 2025 - 10:01 0
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. މި މާރާމާރީ ހިންގާފައި ވަނީ ހިޔާ ޓަވަރުތައް ކައިރީ
4 ޖޫން 2025 - 10:01 0
ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެެއް ކަމަށެވެ.
މާރާމާރީގައި އަނިޔާ ލިބުނީ އިންޑިއާއަށް ނިސްބަތްވާ މީހަކަށް ކަމަށާއި އޭނާއަށް މިހާރު ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 22:45 ހާއިރު ކަމަށްވާއިރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
Comment