Advertisement

ބެލިންހަމްގެ ކޮއްކޮ ޑޯޓްމަންޑަށް

3 ޖޫން 2025 - 13:29 0


ބެލިންހަމްގެ ކޮއްކޮ ޑޯޓްމަންޑަށް

3 ޖޫން 2025 - 13:29 0

ބާލިން، ޖަރުމަނު (ޖޫން 3) - ރެއާލް މެޑްރިޑްގެ ތަރި، ޖޫޑް ބެލިންހަމްގެ އެއްބަޑު އެއްބަފާ ކޮއްކޮ، ޖޯބީ ބެލިންހަމް، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ސޮއިކުރަން ނިންމައިފި އެވެ.

ޖޫޑް ބެލިންހަމް ވެސް ރެއާލަށް ދިއުމުގެ ކުރިން، ތިން އަހަރު، ޑޯޓްމަންޑަށް ވަނީ ކުޅެފަ އެވެ.

އެ ގޮތުން، އުމުރުން 17 އަހަރުގައި ޖޫޑް ބެލިންހަމް، ބާމިންހަމް ސިޓީ ދޫކޮށް، ޑޯޓްމަންޑަށް 2020 ވަނަ އަހަރު ބަދަލުވީ، 25 މިލިއަން ޑޮލަރަށެވެ. އޭރު، މެންޗެސްޓާ ޔުނައިޓެޑުން ވެސް އޮތީ ޖޫޑް ބެލިންހަމް އަށް އޮފާއެއް ހުށަހަޅައިފަ އެވެ.

ޖޯބީ ބެލިންހަމް ވަނީ މި ފަހަރު އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފުން މޮޅުވެ، ސަންޑަލެންޑާ އެކު، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެފަ އެވެ.

އެކަމަކު، 19 އަހަރުގެ ޖޯބީ ބެލިންހަމް މި ވަނީ އެ ޓީމު ދޫކޮށް، އޭނާގެ ބޭބެ، ކެރިއަރުގައި ކުރިއަށް ފިޔަވަޅު އެޅި ކްލަބް ކަމަށްވާ ޑޯޓްމަންޑާ ގުޅެން ނިންމައިފަ އެވެ.

އެ ގޮތުން، ޖޯބީ ބެލިންހަމްގެ ސޮއި ހޯދަން ޑޯޓްމަންޑުން 30 މިލިއަން ޑޮލަރު ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑޯޓްމަންޑުން ޖޯބީ ބެލިންހަމްގެ ސޮއި ހޯދަން އައިންޓްރަކްޓް ފްރޭންކްފާޓާއި އާރްބީ ލައިޕްޒިގާ ވާދަކުރި އެވެ. ޑޯޓްމަންޑުން މި ޑީލް ކާމިޔާބުކުރުމުގައި، ޖޫޑް ބެލިންހަމްގެ އެހީތެރިކަން ހޯދި ކަމަށް ރިޕޯޓްތައް ބުނެ އެވެ.