Advertisement

ސިފައިންގެ މައި މަރުކަޒުގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

1 ޖޫން 2025 - 23:59 0


ސިފައިންގެ މައި މަރުކަޒުގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

1 ޖޫން 2025 - 23:59 0

މާލޭގައި ހުންނަ ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަ ކޮށީގައި ދިވެއްސަކު ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބަންޑާރަ ކޮށީގައި ނިޔާވެފައި އޮއްވައި ފެނުނީ 35 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ސިފައިންގެ ބޭކަލެކެވެ. މަރުވެފައި އޮއްވައި ފެނުނީ ސިފައިންގެ ބޭކަލެއް ކަމެއް މިހާތަނަށް ފުލުހުންނާއި އެމްއެންޑީއެފްއިން ހާމަކޮށްފައި ނުވާތީ އެކަން ކަށަވަރު ކުރެވިފައި ނުވެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަމުންދާ މައްސަލައަކަށް ވާތީ މައުލޫމާތު ފޯރުކޮށްދެވޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފްއިން ބުނެފައި ވެ އެވެ.

ސިފައިންގެ މަރުކަޒުތަކަކީ ވަރަށް ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓަމުންދާ ތަންތަނެވެ. ސިފައިންގެ މައި މަރުކަޒަށް ވަނުމުގެ ހުއްދަ އޮންނަަނީ ސިފައިންނާއި އެމްއެންޑީއެފްއިން އެ ވަގުތެއްގައި ހުއްދަ ދޭ މީހުންނަށެވެ.