Advertisement

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަނެއްކާ ވެސް ބަދަލުކޮށް، މާދަމާ ގުރުނެގުން އުސްފަސްގަނޑުގައި ބާއްވަނީ

29 މޭ 2025 - 21:11 2

މިއަދު ޝާއިއު ކުރި ލޭންޑް ޔޫސް ޕްލޭން:


ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަނެއްކާ ވެސް ބަދަލުކޮށް، މާދަމާ ގުރުނެގުން އުސްފަސްގަނޑުގައި ބާއްވަނީ

29 މޭ 2025 - 21:11 2

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ތިން ވަނަ ފަހަރަށް މިއަދު ބަދަލުކޮށް، އެ ޕްލޭނާ އެއްގޮތަށް މާދަމާ ގުރު ނެގުން ކުރިއަށްގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިއަދު ގެޒެޓުގައި ޝާއިއު ކުރީ ގުޅީފަޅު ސިޓިޒެންސް އެސޯސިއޭޝަންއާ މަޝްވަރާ ކުރުމަށްފަހު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި އެ ޕްލޭންއާ އެއްގޮތަށް މާދަމާ އުސްފަސްގަނޑު ސަރަހައްދުގައި ގުރު ނެގުން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްލޭނާ އެއްގޮތަށް ގުރުއަތު ނެގުން މާދަމާ 14:30 ގައި އުސްފަސްގަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ. އެކަމާ ގުޅޭ ގޮތުން ވަކި އިއުލާނެއް މިރޭ މިނިސްޓްރީން ކުރާނެ،" މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މެއި 15، ގައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ގުޅީފަޅުގެ މިހާރު ވެސް ހިއްކާފައި އޮތް ސަރަހައްދުން ގޯތި ދޫކުރަން ކަމަށް ސަރުކާރުން ބުންޏެވެ. އެކަމަކު، އެ ޕްލޭނުގައި ގޯތިތައް ރާވާފައި އޮތް ގޮތުން ވަރަށް ބޮޑަށް ރަށް ތޮއްޖެހެ އެވެ.

"ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.