Advertisement

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޅަން ހިންގާ ބައި ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓުތައް އެސްއޯއީތަކަށް

29 މޭ 2025 - 13:37 0

އަމަން ހަލީމް

އަމަން ހަލީމް

ރ. މީދޫގައި ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި އާރުޑީސީއާ ސޮއިކުރަނީ: ދެ ރަށެއްގައި ހޮސްޕިޓަލު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވޭ --- ފޮޓޯ: ހެލްތު މިނިސްޓްރީ


ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޅަން ހިންގާ ބައި ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓުތައް އެސްއޯއީތަކަށް

29 މޭ 2025 - 13:37 0

ދެ ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހިމެނޭހެން ހިންގާ ބައި ބިލިއަނެއްހާ ރުފިޔާގެ އަގުހުރި ޕްރޮޖެކްޓުތަކެއް ހިންގަން ސަރުކާރު ކުންފުނިތަކަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓުތައް ހަވާލުކުރީ ފެނަކަ އާއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

ހަވާލުކުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި ބައެއް ރަށްރަށުގައި މިހާރު ހުރި ހެލްތު ސެންޓަރުތައް އަޕްގްރޭޑުކުރުމާއި ހެލްތު ސެންޓަރު ނެތް ހަތަރު ރަށެއްގައި ހެލްތު ސެންޓަރުތައް އިމާރާތްކުރުން ހިމެނެ އެވެ.

ފެނަކައާ ހަވާލުކުރީ ހއ. މުރައިދޫ އާއި ހއ. ތަކަންދޫ އާއި ހދ. ނޭކުރެންދޫގެ އިތުރުން ރ. ކިނޮޅަހާއި ރ. ފައިނާއި ރ. ރަސްމާދު އާއި ރ. މަޑުއްވަރި އާއި ދ. ރިނބުދޫ ސިއްހީ ސެންޓަރުތައް އަޕްގްރޭޑުކުރުމާއި ހއ. މޮޅަދު އާއި ހއ. އުލިގަމުގައި ސިއްހީ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީއާ ހަވާލުކުރީ ރ. އިންނަމާދު އާއި ދ. ހުޅުދެލީ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމާއި ހއ. އުލިގަަމާއި ހދ. ކުމުންދު އާއި އދ. އޮމަދޫގައި ސިއްހީ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތެވެ. އާރުޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އާއި މ. މުލައް ހެލްތު ސެންޓަރު އަޕްގްރޭޑުކުރުމާއި ރ. މީދޫ އާއި ގއ. ދާންދޫގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތެވެ.

މި ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގަކީ 456 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން:

  • ފެނަކައާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ އަގަކީ 115 މިލިއަން ރުފިޔާ
  • އެމްޓީސީސީއާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ އަގަކީ 86 މިލިއަން ރުފިޔާ
  • އާރުޑީސީއާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ އަގަކީ 225 މިލިއަން ރުފިޔާ

ހެލްތު މިނިސްޓްރީން ވަނީ އެހެން 10 ރަށެއްގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތައް އެޅުމުގެ މަސައްކަތް މި ތިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.