Advertisement

މިހާ ފެންވަރު ރަނގަޅު ވަޒީރުންނެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ: ޝާހިދު

28 މޭ 2025 - 14:45 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު : އޭނާ ވިދާޅުވީ މި ސަރުކާރުގައި ތިބިހާ ފެންވަރު ރަނގަޅު ވަޒީރުންނެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ ކަމަށް --- ފޮޓޯ: ޕީއެންސީ


މިހާ ފެންވަރު ރަނގަޅު ވަޒީރުންނެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ: ޝާހިދު

28 މޭ 2025 - 14:45 4

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންނާ އެއް ފެންވަރުގެ ވަޒީރުންނެއް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭނާ ނިސްބަތްވާ ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު ތިބި ވަޒީރުންގެ ގައިގައި ނެތް ކޮލިޓީއެއް ނެތް ކަމަށެވެ. ވަޒީރުކަން ކުރެވެނީ ވަކި ރަށަކުން ވަކި ނަސަބަކުން އަންނަ ބަޔަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުލިބޭނެ. ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ މިހާ ފެންވަރު ރަނގަޅު. މިހާ އިހުލާސްތެރި. މިހާ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ. މިހާ ހިތްވަރުގަދަ ވަޒީރު ބޭފުޅުންނެއް،" މިހެން ވިދާޅުވެ ޝާހިދު އަތް ޖައްސަވަން ފެށްޓެވި އެވެ.

ވަޒީރުކަން ކުރެވޭނީ ހަމައެކަނި ވަކި އާއިލާއަކަށް، ވަކި ރަށަކަށް ނިސްބަތްވާ އަދި ވަކި ސިފަތަކެއް ހުންނަ ބަޔަކަށް ކަމަށް ވިސްނިފައި އޮތް އޮތުމަކީ މާ ކުރީގެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މެންގެ ތެރޭގައި ވެސް އެބަތިއްބެވި. މިސާލަކަށް މިނިސްޓަރު އާދަމް ޝަރީފް އަކީ މިދިޔަ ސަރުކާރުގަ ވެސް ވަޒީރުކަން ކުރެއްވި، މި ސަރުކާރުގަ ވެސް އެ ހުންނެވީ ހަމަ އެ ދޮން ކަމާއި އެ އިސްކޮޅާ އެ ހަށިގަނޑު ހުންނެވީ. އެއްވެސް ތަފާތެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

"އޭރުގަ ވެސް މިނިސްޓަރު މިހާރު ވެސް މިނިސްޓަރުކަން ކުރެއްވި [ހެލްތު މިނިސްޓަރު] ނާޒިމް. ނާޒިމް ތަންކޮޅެއް ކުރުކޮށް ހުރެދާނެ، އެއީ މައްސަލައެއް ނޫން،" އެ ވާހަކަ އިތުރަށް ދައްކަވަމުން މެންބަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގާބިލުކަމާމެދު ފުރަތަމަ ދުވަހުން ފެށިގެން ދަނީ ސުވާލު އުފައްދަމުންނެވެ. އިދިކޮޅު ސިޔާސީން ފެށި މި ފާޑުކިޔުންތަކުގައި އާންމުން ވެސް ބައިވެރިވެފައިވެ އެވެ.