27 މޭ 2025 - 21:02 1
ގަވަރުނަރު އަހުމަދު މުނައްވަރު ބީއައިސީ ބޭންކް އޮފް މޯލްޑިވްސްގެ ހުއްދަ ހަވާލުކުރަނީ: ބީއައިސީގެ ފަރާތުން ހުއްދައާ ހަވާލުވީ ނޫރަައިން ޖަނާހު --- ފޮޓޯ: އެމްއެމްއޭ
27 މޭ 2025 - 21:02 1
ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ދެ ބަޔަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ މިދިޔަ ހަފުތާގެ ތެރޭގައި ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މިއީ މާލީ ނިޒާމް ހަރަދުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެވުނު ހުއްދައެއް ކަމަށެވެ. މި ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށެވެ.
އެމްއެފްއެލްސީއަކީ މިހާރު ވެސް ލީސިން އަދި ފައިނޭންސިން ހިދުމަތް ދެމުން އަންނަ ބޭންކު ނޫން މާލީ އިދާރާއެކެވެ. މި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކީ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް އެވެ.
ބީއައިސީ ބޭންކް މޯލްޑިވްސްއާ ބެހޭ މައުލޫމާތެއް ނެތެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއާ ގުޅުން އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުން ޕްރީ-އޮޕަރޭޝަނަލް ހުއްދައާ ހަވާލުވީ ޖަނާހުގެ އަންހެން ދަރި ނޫރެއިން ޖަނާހެވެ.
އެމްއެމްއޭއިން ބުނީ މި ދެ ބޭންކަށް ބޭންކިން ހުއްދަ ދޫކުރާނީ ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ކަނޑައަޅާ ޝަރުތުތައް ފުރިހަމަ ކުރުމުން ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެ ކަަމަށެވެ.
އެމްއެމްއޭއިން އެންމެ ފަހުން ހިދުމަތް ފަށަން ހުއްދަ ދިނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށެވެ. އެކަމަކު އެ ހުއްދައާ އެއްގޮތަށް އެ ބޭންކުގެ ހިދުމަތްތައް ރަސްމީކޮށް ނުފަށަ އެވެ.
މިހާރު ރާއްޖޭގައި ބޭންކިން ހިދުމަތް ދެނީ:
Comment