Advertisement

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަފުތާއަކު 10،000ރ. ހޯދުމުގެ ފުރުސަތު

23 މޭ 2025 - 07:51 0


ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަފުތާއަކު 10،000ރ. ހޯދުމުގެ ފުރުސަތު

23 މޭ 2025 - 07:51 0

ދިރާގުގެ ޕްރިޕެއިޑު ކަސްޓަމަރެއް ހެއްޔެވެ؟ ނަސީބު ވަޒަންކޮށްލަން މިއޮތީ ރަނގަޅު ފުރުސަތެކެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަމައެކަނި ރީލޯޑްކޮށްގެން 10،000 ރުފިޔާ އަދި 10،000 ރުފިޔާގެ މޯލްޑިވިއަންގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ވަނީ އުޅުވާލައިފަ އެވެ.

ކުރަންޖެހޭ މަސައްކަތަކީ ހަފުތާއެކު ޖުމުލަ 300ރ އަށް ގިނައިން ރީލޯޑުކުރުން ނުވަތަ ޑޭޓާ އެޑްއޮން އެކްޓިވޭޓު ކުރުމެވެ. އޭރުން ނަސީބުވެރިޔަކު ހުވުމުގެ ގުރުއަތަށް ޝަރުތު ހަމަވީ އެވެ.

މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން 20ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1 ޓީބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ފެށޭ ޖޫން 7 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހުތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.