Advertisement

ހުލާސާކޮށް އިއްޔެ: ސަރުކާރު ބޭޒާރު ވާތީ ރުޅިގަދަވެއްޖެ

18 މޭ 2025 - 06:12 0

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ސަރުކާރު ބޭޒާރު ވާތީ ރުޅިގަދަވެއްޖެ

18 މޭ 2025 - 06:12 0

ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރި ގޮތުގެ ހަބަރު ބޭރު ދުނިޔެއަށް ގެންދާތީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރީ މެއި 14، ގަ އެވެ. އެކަން ހިނގައިދިޔަ ގޮތް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ދަނީ އެކި ގައުމުތަކާ ހިއްސާ ކުރަމުންނެވެ.

އެކަންކަމާ ގުޅޭ ގޮތުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވަނީ ރައީސް މުހައްމަދު މުއިއްޒު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިންކާރު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ބައިނަލްއަގުވާމީ މުޖްތަމައާ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާއިރު ތެދު ހަދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އިދިކޮޅުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ބައިނަލްއަގުވާމީ މުޖްތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް ހީކުރަނީ،" ހަލީލު ވިދާޅުވެފައިވެ އެވެ.

މިއަދުގެ މޫސުން


- އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވޭ. ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ. - ވައިޖެހޭނީ ހުޅަނގު ދެކުނުންނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް - ކަނޑުތައް ގަދަވޭނެ - ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:35
  • އިރުއަރާ 05:51
  • މެންދުރު 12:06
  • އަޞްރު 15:27
  • މަޣްރިބް 18:14
  • ޢިޝާ 19:30

މުހިއްމު ބައެއް ހަބަރު