Advertisement

ހުލާސާކޮށް އިއްޔެ: ފަނޑިޔާރުން ވަކިކުރި ގޮތާމެދު އދ ކަންބޮޑުވުން

16 މޭ 2025 - 06:11 0


ހުލާސާކޮށް އިއްޔެ: ފަނޑިޔާރުން ވަކިކުރި ގޮތާމެދު އދ ކަންބޮޑުވުން

16 މޭ 2025 - 06:11 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށް އދ. އިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ އދ. ގެ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެން ކަމަށެވެ.

"ފަނޑިޔާރުން ހަމައެކަނި ވަކިކުރެވޭނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރަކު ނުކުޅެދޭ ހާލަތުގައި ނުވަތަ މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެއް ހިންގާ ހާލަތުގައި އެކަންކަން ބެލުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށްފަހު،" މާގަރެޓް ވިދާޅުވެފައިވެ އެވެ.

އޭނާ މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން އެޕްރީލް 17، ގައި ނެރުނު ބަޔާން ހިއްސާކުރައްވަމުންނެވެ. ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާދެއްވީ އެވެ.

މިއަދުގެ މޫސުން


- ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ - ވައިޖެހޭނީ ހުޅަނގު ދެކުނުންނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް ގަދަވޭނެ - ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:36
  • އިރުއަރާ 05:51
  • މެންދުރު 12:06
  • އަޞްރު 15:26
  • މަޣްރިބް 18:14
  • ޢިޝާ 19:29

މުހިއްމު ބައެއް ހަބަރު