Advertisement

އަހަރުގެ ފުރަތަމަ ބޮޑީބޯޑިން މުބާރާތް، ބުރުނު ޝިކާރު އަންނަ މަހު

15 މޭ 2025 - 09:00 0


އަހަރުގެ ފުރަތަމަ ބޮޑީބޯޑިން މުބާރާތް، ބުރުނު ޝިކާރު އަންނަ މަހު

15 މޭ 2025 - 09:00 0

އަހަރުގެ ފުރަތަމަ ބޮޑީބޯޑިން މުބާރާތް "ބުރުނު ޝިކާރު" އަންނަ މަހު ފަށަން ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ނިންމައިފި އެވެ.

ބުރުނު ޝިކާރު މުބާރާތަކީ ބޮޑީބޯޑިންގެ އެންމެ ތާރީހީ އެއް މުބާރާތެވެ. މިއީ ބުރުނު ނަކަތާ ދިމާކޮށް އެމްބީބީއޭ އިން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ ބޮޑީބޯޑިން ސީރީސްތަކުގެ އެންމެ ދުވަސްވީ މުބާރާތްވެސްމެ އެވެ.

ބުރުނު ޝިކާރު މުބާރާތުން މި ފަހަރުގެ ގައުމީ ބޮޑީބޯޑިން ލީގު ފަށާއިރު، ބުރުނު ޝިކާރު މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 17 އިން 21 އަށް މާލެ ވަރުނުލާ ރާޅުގަނޑުގަ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ މެންސް އޯޕަން، ވޮމެންސް އޯޕަން، ޖޫނިއާ މެންސް އަދި ޑްރޮޕްނީ ކެޓަގަރީ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

އެންމެ ފަހުގެ ބުރުނު ޝިކާރު މުބާރާތް ކާމިޔާބުކުރީ އަލީ ހުސްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި އެ ފަހަރުގެ މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ ހޯދި އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޖޫނިއާ ޗެމްޕިއަނަކީ ފުވައްމުލައް ސިޓީގެ މުހައްމަދު އަޒާން އަހުމަދު އެވެ.