Advertisement

ހުލާސާކޮށް އިއްޔެ: ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފު

14 މޭ 2025 - 06:48 0


ހުލާސާކޮށް އިއްޔެ: ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފު

14 މޭ 2025 - 06:48 0

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަޒްމިރާލްދާ އާއި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފިލްޒާ ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފެށީ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގެ ބައިވެރިވުމެއް ނެތި ކަމަށް ވާތީ، އެއީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ނުކުރުން ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 [ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު] ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ފާހަގަ ކުރަން،" ފިލްޒާ ވިދާޅުވެފައިވެ އެވެ.

މިއަދުގެ މޫސުން


- އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. - ވައިޖެހޭނީ ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް - ކަނޑުތައް ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:36
  • އިރުއަރާ 05:52
  • މެންދުރު 12:06
  • އަޞްރު 15:26
  • މަޣްރިބް 18:13
  • ޢިޝާ 19:29