Advertisement

ފިޒިއޯ ކްލިނިކަށް ދިޔަ އޯޓިިސްޓިކް ކުއްޖަކަށް އެތަނުގެ މުވައްޒަފަކު ކަތުރަކުން ހަމަލާ ދީފި

11 މޭ 2025 - 17:46 1


ފިޒިއޯ ކްލިނިކަށް ދިޔަ އޯޓިިސްޓިކް ކުއްޖަކަށް އެތަނުގެ މުވައްޒަފަކު ކަތުރަކުން ހަމަލާ ދީފި

11 މޭ 2025 - 17:46 1

ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކަށް ދިޔަ އޯޓިސްޓިކް ކުއްޖަކަށް އެތަނުގެ މުވައްޒަފަކު ކަތުރަކުން ހަމަލާދީފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ "ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ފަދަ ގޮތަކަށް" އަމަލު ކުރި މައްސަލައެއް ހުށަހެޅުމުން ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކުޑަކުދިންގެ ދުވަހު، އިއްޔެ އެވެ. ނަމަވެސް ހާދިސާ ހިނގި ދުވަސް ސާފެއް ނުވެ އެވެ.

އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފިޒިއޯ ކްލިނިކުގެ މުވައްޒަފަކު ކަތުރެއް ނަގައިގެން ކުއްޖަކާ ކުރިމަތިލާ މަންޒަރު ފެނެ އެވެ. އެ ކުއްޖާއަށް ކަތުރުން އަނިޔާވެފައިވާ ފޮޓޯ ފަހުން ފެނެ އެވެ.

ފިޒިއޯ ކްލިނިކުގެ ނަމުގައި އިިންސްޓަގްރާމުގައި ހިންގާ ޕޭޖަކުން ބުނެފައި ވަނީ އެ މައްސަލައިގައި ޝާމިލުވާ ތިން މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް، ކްލާސް ރޫމުގައި ހުރި ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ދީފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ.

އެފަދަ ބޮޑު ހާދިސާއެއް ދިމާވުމުން ވަގުތީ ގޮތުން ކްލިނިކް ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް ފިޒިއޯ ކްލިނިކުން ބުނެ އެވެ.