Advertisement

ކޮންފަރެންސް ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ބެޓިސް

9 މޭ 2025 - 09:39 0


ކޮންފަރެންސް ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ބެޓިސް

9 މޭ 2025 - 09:39 0

ލަންޑަން (މެއި 9) - ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ޗެލްސީ އާއި ރެއާލް ބެޓިސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޗެލްސީ ދަނޑުގައި ރޭ ސްވިޑެންގެ ޖާގާޑެން އަތުން 1-0 އިން މޮޅުވިއިރު، އެގްރިގޭޓަށް ބަލާއިރު، ޗެލްސީ އަށް ކުރި ލިބުނީ 5-1 އިންނެވެ. އަނެއް ސެމީ ފައިނަލުގައި، ފިއޮރެންޓީނާ ދަނޑުގައި ބެޓިސްއާ ދެކޮޅަށް ކުޅެ، ނަތީޖާއެއް ނެރެވުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އެ މެޗު، 2-2 އިން އެއްވަރުވިއިރު، ބެޓިސް އަށް އެގްރިގޭޓުން ކުރި ލިބުނީ، 4-3 އިންނެވެ.

ރޭ ޗެލްސީ އަށް ހަމައެކަނި ލަނޑު ޖަހައިިދިނީ ކިއެރަން ޑިއުސްބަރީ ހޯލް އެވެ. ގިނަ ބަދަލުތަކެއް ގެނެސްގެން ޗެލްސީން ކުޅުނު މި މެޗުގައި، ޑިއުސްބަރީ ހޯލް ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ، ޓައިރިކް ޖޯޖް އެވެ.

ފިއޮރެންޓީނާ ދަނޑުގައި ރޭ ބެޓިސްގެ އެންޓޮނީ ވަނީ ހިލޭޖެހުމަކުން ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ރޮބިން ގޮސެންސް ޖެހި ދެ ގޯލުން ފިއޮރެންޓީނާ އިން ނަތީޖާ އަނބުރާލައި، 3-3 އިން އެގްރިގޭޓް އެއްވަރުކުރުމުން ނަތީޖާ ނެރެން އިތުރު ވަގުުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބެޓިސް އަށް މި ލެގުގައި އެއްވަރުކޮށްދީ، އެގްރިގޭޓުން ކުރިހޯދައިދިން ގޯލު ޖެހީ އެންޓޮނީ ދިން ބޯޅައަކުން، އަބްދޭ އެޒަލްޒޫލީ އެވެ.

މި މަހު 28 ވަނަ ދުވަހު ޗެލްސީ އާއި ބެޓިސް ކުޅޭ ކޮންފަރެެންސް ލީގު ފައިނަލް އޮތީ ޕޮލެންޑުގަ އެވެ.