Advertisement

ސުލްހަވެރި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރުޅާލަން ފުލުހުން ދެއްކި އުޒުރަކީ މާދަމާ އޯލެވެލް ޓެސްޓު އޮތުން

2 މޭ 2025 - 01:30 1


ސުލްހަވެރި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރުޅާލަން ފުލުހުން ދެއްކި އުޒުރަކީ މާދަމާ އޯލެވެލް ޓެސްޓު އޮތުން

2 މޭ 2025 - 01:30 1

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ ސުލްހަވެރި މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލީ މާދަމާ އޯލެވެލް ޓެސްޓެއް އޮންނާތީ ކަމަށް ބުނެ ފުލުހުން އުޒުރު ދައްކައިފި އެވެ.

މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ސްޕީކަރުތައް މިރޭ ފުލުހުން ވަނީ އަތުލާފަ އެވެ. އޭގެ އިތުރުން އެއްވެސް އިންޒާރެއް ދިނުމާ ނުލައި މުޒާހަރާގެ ތެރެއަށް ވަދެގަނެ، ބާރުގޭ ބޭނުންކޮށްގެން ވަނީ ޒުވާނުން ހައްޔަރުކޮށްފަ އެވެ.

"މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވުމާ އެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށް ފަހު، މިރޭ ވަނީ އެ ހަރަކާތްތައް ހުއްޓުވައި އެއްވުން ރުޅާލާފައި. މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު،" އަމަލުތައް ދިފާއު ކުރަމުން ނެރުނު ބަޔާނުގައި ފުލުުހުން ބުނެފައިވެ އެވެ.

މިރޭ ޒުވާނުންގެ މުޒާހަރާގެ ތެރެއިން މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅެފައިވެ އެވެ. އެއީ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތައްކެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފަ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާ ކުރާ ޒުވާނުން ބުނެފައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ކޮޅެއްގައި ޖެހެންދެން އެ ހުއްޓާނުލައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.