28 އޭޕްރީލް 2025 - 14:50 4
ޗީފް އިންސްޕެކްޓާ ސާމިހު: އާއިލާއިން އެދެނީ ޔުމްނުގެ ތަހުގީގުން ސާމިހު އެކަހެރި ކުރުމަށް -- ފޮޓޯ: އަދަދު ފައިލް
28 އޭޕްރީލް 2025 - 14:50 4
އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކި ކުރަން ޔުމްނުގެ އާއިލާއިން މިއަދު ގޮވާލައިފި އެވެ.
ޔުމްނުގެ އާއިލާއިގެ މެންބަރެއް ކަމަށްވާ މުހައްމަދު މުއުމިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލާއަށް އެތައް ފަހަރަކު ދޮގު ހަދާފައިވާތީ ސާމިހުއަށް އާއިލާއިން އިތުބާރު ނުކުރާ ކަމަށެވެ.
"ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލު ގެނައުމަކީ އުނދަގޫ ކަމެއް. އެކަމަކު އާއިލާއާއެކު ބޭއްވި އެތަކެއް ބައްދަލުވުންތަކެއްގައި ދޮގު ހެދި ސާމިހު ވަކި ކުރުމަކީ ފެށުމަކަށް ވާނެ،" އޭނާ ބުނެފައި އޮތެވެ.
ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދައިފަ އެވެ. އެ ކޮމިޝަނުގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ.
ޔުމްނުގެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށް އޭނާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުންތަކެއް ދަނީ މުޒާހަރާ ކުރަމުންނެވެ. ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު، 21، ވެއްޓުނު ހާދިސާގައި ފުލުހުން ހިއްސާ ކުރި ބައެއް މައުލޫމާތު ދިމާނުވުމާއި އެ މައްސަލައިގައި މީހަކު ހައްޔަރުނުކޮށް ގިނަ ދުވަސްވުމަކީ، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މިހާރު ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. އެއިރު ހާދިސާ ހިނގިތާ ހައެއްކަ ދުވަސް އޮތީ ފާއިތުވެފަ އެވެ. އެއިން ތަނަކުން ތަހުގީގަށް ބޭނުންވާ އެއްޗެއް ނުފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment