Advertisement

ދެކުނު އޭޝިއާ މުބާރާތުން ޒުވާން ޓީޓީ ޓީމަށް ރަނގަޅު ކާމިޔާބެއް

28 އޭޕްރީލް 2025 - 10:39 0


ދެކުނު އޭޝިއާ މުބާރާތުން ޒުވާން ޓީޓީ ޓީމަށް ރަނގަޅު ކާމިޔާބެއް

28 އޭޕްރީލް 2025 - 10:39 0

ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ 15 އަހަރާއި 19 އަހަރުން ދަށުގެ ޓީޓީ ކުޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދައިފި އެވެ.

އެ ގޮތުން، ދެ ލޯ މެޑަލާއި އެއް ރިހި މެޑަލް ހޯދައިފަ އެވެ.

ރިހި މެޑަލް ހޯދާފައިވަނީ، 19 އަހަރުން ދަށުގެ މިކްސް ޑަަބަލްސް ކެޓަގަރީން ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒު އެވެ. ފައިނަލުގައި ރަނގަޅު ވާދައެއް ކުރި ނަމަވެސް، އިންޑިއާގެ ޕެއާ އަތުން ކުރިނުހޯދުނީ އެވެ.

ލޯ މެޑަލް ހޯދާފައިވަނީ، 15 އަހަރުން ދަށުގެ ޓީމު އިވެންޓް ބައިން، ރާއްޖޭގެ އަންހެން ޓީމުންނާއި އެ އުމުރުފުރާގެ މިކްސް ޑަބަލްސް އިވެންޓުން، އައިޝަތު އަލްސާ ނާފިޒު އާއި މުހައްމަދު ހަލަފް ރާފިއު އެވެ.

ޓީމު އިވެންޓް ބައިން، 15 އަހަރުން ދަށުގެ އަންހެން ޓީޓީ ޓީމުން ވަނީ 3-1 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

މި މުބާރާތުގައި ޒުވާން ޓީޓީ ޓީމުތައް ވާދަކޮށްފައިވަނީ އީރާނުގެ ކޯޗެއް ކަމަށްވާ މެހެދީގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ދިއުމުގެ ކުރިން ވެސް އޭނާ އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، ވާދަކުރަން ޖެހޭ ޓީމުތައް ވަރަށް ވަރުގަދަ ކަމަށާއި މެޑަލެއް ލިބޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކަމަށެވެ.