Advertisement

‏އެމެރިކާގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރަށް ދަނީ

27 އޭޕްރީލް 2025 - 15:48 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ބައެއް ޒުވާނުން އީ ސިނގިރޭޓާ ދިމާއަށް ދޭ --


‏އެމެރިކާގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރަށް ދަނީ

27 އޭޕްރީލް 2025 - 15:48 0

‏އެމެރިކާގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަޑުމަޑުން ދަށަށް ދާން ފަށާފައިވާކަމާއި، މީގެ ތެރޭގައި ‏‏އެންމެ ގިނައީ ޒުވާނުންކަމަށް ކެލިފޯނިއާ ސަން ޑިއޭގޯ ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. ‏

‏މި ދިރާސާގެ ނަތީޖާތައް ޖާމާ ނެޓްވޯރކް އޯޕަން ޖާނަލްގައި ޝާއިއުކުރެވިފައިވާއިރު، މި ދިރާސާގައި ޓޮބެކޯ ޔޫޒް ‏‏ސަޕްލިމަންޓް ޓު ދަ ޔޫ.އެސް. ސެންސަސް ބިއުރޯގެ ކަރަންޓް ޕޮޕިއުލޭޝަން ސަރވޭއިން ނަގާފައިވާ ‏‏ތަފާސްހިސާބުތައް ބޭނުންކޮށްފައިވެއެވެ.‏

‏2024 ވަނަ އަހަރު 1.77 މިލިޔަން މީހުންގެ ފަރާތުން އެއްކުރެވުނު މައުލޫމާތުތަކުން ދައްކާގޮތުގައި، އެންމެ ބޮޑެތި ‏‏ކުރިއެރުންތައް ފެނިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ މަތީގައި ހުރި ސްޓޭޓްތަކުގައެވެ‏‎.‎

‏ދިރާސާގެ މުހިންމު ހޯދުންތަކުގެ ތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހުރި ތަފާތުތައް ‏‏ފާހަގަކުރެވެއެވެ. އެދިރާސާގައި ބުނާގޮތުން ޒުވާނުން ދުންފަތް ދޫކޮށްލާފައިވަނީ 50 އަހަރުން މަތީގެ މީހުންނަށްވުރެ ‏‏މާ ހަލުވި މިނެއްގައެވެ‏‎.‎

‏ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ، ޑރ. މެތިއު ސްޓޯން، ވިދާޅުވީ "ޒުވާނުންގެ މެދުގައި ދުންފަތުގެ ‏‏އިސްތިއުމާލުކުރުން އަވަސް މިނެއްގައި ދަށަށް ދިއުމަކީ މިޖީލުގެ ދުވަސްވަރުގައި ދުންފަތުގެ ބަލިމަޑުކަން ނިމުމަކަށް ‏‏އަންނާނެކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް ޤައުމީ ދުންފަތުގެ ބޭނުންކުރުން 5% ‏‏އަށްވުރެ ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ‏‎.‎

‎"‎‏އެހެންނަމަވެސް، 50 އަހަރުން މަތީގެ މީހުންގެ މެދުގައި ދުންފަތަށް ނޫނޭކޭ ބުނާމީހުންގެ އަދަދު އިތުރުވަމުންދާ ‏‏ނިސްބަތް މާބޮޑަށް ދަށްވުމުގެ ސަބަބުން، ފުއްޕާމޭގެ ކެންސަރާއި، ހިތުގެ ބަލިތަކާއި ކްރޮނިކް އޮބްސްޓްރަކްޓިވް ‏‏ޕަލްމަނަރީ ޑިޒީޒްގެ މަތީ ރޭޓްތައް ދަށަށް ދާން ދިގު މުއްދަތެއް ނަގާނެކަމަށް ޑރ. ސްޓޯން ވިދާޅުވިއެވެ‏‎.‎

‎1955‏ގައި އެމެރިކާގެ 56.9% މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާއިރު، 2000 ވަނަ އަހަރާ ހަމައަށް އައިއިރު މި ‏‏އަދަދު ދެބައިކުޅައެއްބަޔަށްވުރެ މަދުވެފައިވެއެވެ. މިހާރުގެ ޙާލަތު ދެމިއޮތްނަމަ، 2035 ވަނަ އަހަރާ ހަމައަށް ދުންފަތުގެ ‏‏ބޭނުންކުރުން 5% އަށްވުރެ ދަށަށް ދާނެކަމަށް ލަފާކުރެވެއެވެ‏‎.‎

‏އަދި ދިރާސާގެ އެހެން ލިޔުންތެރިއެއްކަމަށްވާ ޑރ. ޖޮން ޕީ. ޕިއަރސް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ ‏‏ބޭނުންކުރުން ދަށަށްދިއުމާއެކު އެހެން ގޮންޖެހުންތައް އުފެދިފައިވެއެވެ. "ފަހަކަށްއައިސް ޓޮބެކޯ އިންޑަސްޓްރީއިން ‏‏ޒުވާން ޖީލުތައް އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުމަށާއި ނިކޮޓިން ބޭނުންކުރުމަށް ދެވިހިފާފައިވާ މިންވަރު ‏‏މިދިރާސާގެ ހޯދުންތަކުން ދައްކައެވެ‏‎.‎

‏ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށް ޢާންމު ޞިއްޙަތާގުޅޭ މަސައްކަތްތަކުން ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް ‏‏މި މަސައްކަތް އަދިވެސް ނިމުމަކަށް އައިސްފައެއް ނުވެއެވެ. އުމުރުން ދުވަސްވީ މީހުންގެ މެދުގައި ދަށްވާ މިންވަރު ‏‏ލަސްވުމާއި، ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުން އިތުރުވުމާ ގުޅިގެން، އައު ގޮންޖެހުންތަކާ ‏‏ކުރިމަތިލާންޖެހޭނެއެވެ‏‎.‎