Advertisement

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖައްސައިފި

25 އޭޕްރީލް 2025 - 19:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މުލީ އެއާޕޯޓަށް މިއަދު ހަވީރު ޖެއްސި މޯލްޑިވިއަންގެ ފުލައިޓު --- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖައްސައިފި

25 އޭޕްރީލް 2025 - 19:59 0

މ. މުލީގައި ސަރުކާރުން ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިންމައި، އެ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެސްޓު ފްލައިޓު އެ ރަށަށް ޖެއްސީ މިއަދު ކަމަށެވެ. މުލީ އެއާޕޯޓަށް ފުރަތަމަ ޖެއްސީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން 2022 ގަ އެވެ. މި އެއާޕޯޓު މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،200 މީޓަރު ފުޅާ، 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 221 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔައީ ސަރުކާރުގެ ކުންފުނި، އެމްޓީސީސީ އިންނެވެ.