Advertisement

ޔުމްނުގެ އާއިލާގެ ފަރާތުން ޒުވާނުންގެ މުޒާހަރާގައި: "އިންސާފު ލިބެނީކީ ނިކަމެތި މީހުންނަކަށް ނޫން, ނެޕޯ ބޭބީސްއަށް"

25 އޭޕްރީލް 2025 - 15:15 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ރޭ ކުރި މުޒާހަރާގައި ޒުވާނުން ބައިވެރިވަނީ : ޔުމްނުގެ އާއިލާއިންވެސް ރޭގެ މުޒާހަރާގައި ބައިވެރިވި ---


ޔުމްނުގެ އާއިލާގެ ފަރާތުން ޒުވާނުންގެ މުޒާހަރާގައި: "އިންސާފު ލިބެނީކީ ނިކަމެތި މީހުންނަކަށް ނޫން, ނެޕޯ ބޭބީސްއަށް"

25 އޭޕްރީލް 2025 - 15:15 1

ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކުގައި އޭނާގެ އާއިލާއިން ވެސް ބައިވެރިވެއްޖެ އެވެ.

ޔުމްނުގެ އާއިލާގެ މެންބަރުން ރޭ ވަނީ މުޒާހަރާގައި ބައިވެރިވެފަ އެވެ. އޭގެތެރެއިން އެކަކު، މުޒާހަރާގެ ތެރެއިން ޝުއޫރު ވެސް ފާޅުކުރި އެވެ.

އޭނާގެ އަސަރުގަދަ ވާހަކައިގައި ބުނީ، މިއީ އޭނާގެ ހަޔާތުގައިވެސް މިގޮތަށް މަގުމައްޗަށް ނުކުމެ އަޑު އުފުލި ފުރަތަމަ ފަހަރު ކަމަށެވެ. ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިމަތީ ތިބެ ދޮގު ހަދަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރި އެވެ.

"އަޅުގަނޑުގެ ކޮށްކޮ އެއޮތީ އައިސީޔޫގަ މިއަދު. އެކަމު އޭނަގެ ޑިގްނިޓީ ވައްޓާލީ މިއަދު،" އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި މުޅި ރާއްޖެއަށް ފުލުހުން އާންމުކުރި ވީޑިއޯތަކަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ވަގަކަށް ހާސް ދުވަސް. ވަގަަކަށް ހާސް ދުވަސް. ވެރިކަށް އެއް ދުވަސް

ޔުމްނުގެ އާއިލާއިން ވާހަކަ ދެއްކި މީހާ ވަނީ، މިއަދު ޔުމްނުއަށް މިފަދަ ކަމެއް ދިމާވިޔަސް މާދަމާ ކޮންމެ މީހަކަށްވެސް މިކަން ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށާއި މަގުމައްޗަށް ނުކުމެ އިންސާފު ހޯދަން ޖެހެނީ އެހެންވެ ކަމަށެވެ.

"އިންސާފު ލިބެނީކީ ނިކަމެތި މީހުންނަކަށް ނޫން. [އިންސާފު ލިބެނީ] ނެޕޯ ބޭބީސް އަށް. ނެޕޯ ބޭބީސް އަށް" އޭނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

"ނެޕޯ ބޭބީސް" ކަމަށް އޭނާ މާނަކުރީ ބާރުގަދަ އަދި ބާރުވެރި މަގާމުތަކުގައި ތިބޭ މީހުންގެ އާއިލާއަށް ނިސްބަތްވާ ކުދިންނާއި މީހުންނަށެވެ. ޒުވާނުންގެ މުޒާހަރާގެ ތެރެއިން އެންމެ ބޮޑަށް އޮތް ހިތްހަމަނުޖެހުމަކީ ވެސް މި މައްސަލާގައި ވަކި ގޮތަކަށް އިދާރާތަކުން އަމަލުކުރަމުން ދިޔުމެވެ. މިއީ ސަރުކާރުގެ މަގާމުތަކުތަކުގައި ތިބި ބައެއް މީހުންނާއި އެ މީހުންގެ އާއިލާ މެންބަރުންނަށް ތުހުމަތު އަމާޒުވެފައިވާ މައްސަލައެކެވެ.

ރޭގެ މުޒާހަރާއަކީ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ސަރަހައްދުގައި ކުރި ދެވަނަ މުޒާހަރާ އެވެ. މުޒާހަރާގެ ބައިވެރިން ރޭ މަޖީދީ މަގުގައި ހިނގާލާފައި ވެސް ވެ އެވެ.

އެ ސަރަހައްދަށް ރޭ އެއްވެފައި ތިބި ޒުވާނުން ދަނީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން ރޭ އިރާކޮޅު ފުލުހުން ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފެހެއްޓީ އިއްޔެ އެވެ.

ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މިއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ. މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފުލުހުންނަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފެށުމުންނެވެ.