24 އޭޕްރީލް 2025 - 23:26 1
އަހުމަދު އާއިދު
މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21 : ބަސް ބަދަލުކޮށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ވާ ކަމަށް ފުލުހުން ތުހުމަތު މިހާރު ވަނީ ތުހުމަތުކޮށްފަ ---
24 އޭޕްރީލް 2025 - 23:26 1
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓުމުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، ގެ ބައިވެރިވުމެއް ވާ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.
މި މައްސަލާގައި ސިއްރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން ވާ ކަމަށް ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ.
ނަަމަވެސް، އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނީ މައިގަނޑު ތިން ތުހުމަތެއްގަ އެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ބެލެވުމެވެ.
މީގެއިތުރުން، ހާދިސާއަށް ހަ ދުވަސް ފަހުން އޭނާ ހައްޔަރުކުރަން އެދެނީ މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތާލުމުގެ ފުުރުސަތު އޮތް ކަަމަށް ބެލެވޭތީ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި ތުހުމަތުތަކުގައި ރައުދު ހައްޔަރުކުރުމަށް ފުލުހުން އެދުމުން ކޯޓުން އެ އަމުރު ނެރުނީ މިއަދު ހެދުނު އެވެ. އަމުރުގެ ދަށުން އޭނާ ހައްޔަރުކުރީ މިއަދު އިރުއޮއްސި 6:20 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިއީ ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ދެވަނަ ފަހަރެވެ. މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ސުވާލުކޮށް، ޔޫރިން ނެގިއިރު ޕޮޒިޓިވް ވުމުން ވެސް ދޫކޮށްލީ އެވެ.
ޔުމްނު އާއި އޭނާއާއެކު އުޅުނު ރައުދު، އެހެން ޒުވާނުންތަކާކާއެކު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އޭނާގެ އާއިލާ މީހުން ދިރިއުޅޭ ގެއަށެވެ. ފެންޓެނޯއީ ގެއަށް އެ މީހުން ވަނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
Comment