Advertisement

ޒަކާތު ފަންޑުން ދޭ 50 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 އޭޕްރީލް 2025 - 14:14 0

ލީވާން އަލީ ނާސިރު

ލ

Advertisement

ޒަކާތު ފަންޑުން ދޭ 50 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ޒަކާތު ފަންޑުން ދޭ 50 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 އޭޕްރީލް 2025 - 14:14 0

Advertisement

Advertisement

ރާއްޖޭގައި ގާއިމުކޮށްފައިވާ ޒަކާތު ފަންޑުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރަން ދޭ 50 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ރާއްޖެއިން 20 ފުރުސަތު އަދި ރާއްޖެއިން ބޭރުން 30 ފުރުސަތު ހުޅުވާލި އެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖެއިން ބޭރުން ހުޅުވާލި 30 ސްކޮލާޝިޕް ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލު ކުރުމަށް ދޭ ހާއްސަ ސްކޮލާޝިޕް ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ފުރުސަތު ހުޅުވާލީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަށެވެ.

ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

Advertisement

  • ​މާސްޓާ އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – ހަ ފުރުސަތު
  • ​މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – ތިން ފުރުސަތު
  • ​އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – ފަސް ފުރުސަތު
  • ​މާސްޓާ އޮފް އާޓްސް އިން ޝަރީއާ – ތިން ފުރުސަތު
  • ​މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – ތިން ފުރުސަތު

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:

  • ​ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - ދެ ފުރުސަތު
  • ​މާސްޓާ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓަރސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – ދެ ފުރުސަތު
  • ​މާސްޓާ އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - އެއް ފުރުސަތު
  • ​މާސްޓާ އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - އެއް ފުރުސަތު
  • ​މާސްޓާ އޮފް އިސްލާމިކް ސައިންސް - އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ – އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – ދެ ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – ދެ ފުރުސަތު
  • ​މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު
  • ​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ގައުމުތަކުންނެވެ.

އެގޮތުން މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ ދެ ފުރުސަތު، މާސްޓާސްގެ ހަ ފުރުސަތު އަދި ޕީއެޗްޑީ ނުވަ ފުރުސަތު ހުޅުވާލި އެވެ.

ހާއްސަ ސްކޮލާޝިޕްތައް ޒަކާތު ފަންޑުން ހުޅުވާލީ ސާކްގެ ގައުމުތަކާއި، މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ، ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ، ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ އަދި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީންނެވެ.