ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ތަރައްގީނުކޮށް ދޫކޮށްލި ސިޓީޕާކުގެ ހާޑްސްކޭޕިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

14 އޭޕްރީލް 2025 - 06:22 0

މުހައްމަދު ޝަހްޒާން

މ

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް; ގަލޮޅު ސިޓީޕާކު ތަރައްގީ ކުރުމަށް ކަމަށް ވިދާޅުވެ އެތަން ބަންދު ކުރީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގަ، ނަމަވެސް ވެރިކަމާ ހަވާލުވަޑައިގެންނެވިއިރު ވެސް އެތަނުގެ އެއްވެސް މަސައްކަތެއް އޮތީ ނުކޮށް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ތަރައްގީނުކޮށް ދޫކޮށްލި ސިޓީޕާކުގެ ހާޑްސްކޭޕިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

14 އޭޕްރީލް 2025 - 06:22 0

ގަލޮޅު ސިޓީޕާކުގެ ހާޑްސްކޭޕިން މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހައިމަން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް ހައިމަންއާ ހަވާލު ކުރީ 1,828,491.84 ރުފިޔާއަށް ކަމަށެވެ. އެ މަސައްކަތް އަންނަ މެއި 10، ގެ ކުރިން ނިންމަން ޖެހޭނެ އެވެ.

ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމަށް ކަމަށް ބުނެ އެތަން ފުރަތަމަ ބަންދު ކުރީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގަ އެވެ. ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމިކަން ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ އޮކްޓޯބަރު 14، 2022، ގަ އެވެ.

އެމަނިކުފާނު އޭރު ބޭނުންކުރެއްވި ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ޕާކު ތަރައްގީކުރާނެ ގޮތުގެ ކުރެހުންތަކެއް ވެސް ހިމަނުއްވާފައިވެ އެވެ.

އޮކްޓޯބަރު 25، 2022، ގައި ސިޓީ ކައުންސިލުން ވަނީ ސިޓީ ޕާކު ތަރައްގީކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ކަމަށް ބުނެ އެ ޕާކުގައި ރައްޔިތުންނާއެކު ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ރޭ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ޕާކު ތަރައްގީކުރަން ބަޖެޓު ނެތް ނަމަވެސް ސިޓީ ކައުންސިލްގެ ވިސްނުމަކީ އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުން ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ސިޓީ ޕާކު ތަރައްގީ ކުރާނީ އެތަނުގައި ހުރި ބޮޑު އެއްވެސް ގަހެއް ނުނަގައި ކަމަށާއި އެ ޕާކު ހަދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ ރޭ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވި އެވެ.

ޕާކުގެ މަސައްކަތް ކުރާނެ ގޮތުގެ ކުރެހުންތަކަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް އެ ރޭ ފުރުސަތު ވެސް ހުޅުވައިލި އެވެ. ބައްދަލުވުމަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް އެކަން ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އެ ޕާކު ބަންދު ކުރުން ފިޔަވައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އާދަމް އާޒިމް މޭޔަރުކަމަށް އިންތިހާބުވުމަށްފަހު އެ ޕާކު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. އެކަން އެގޮތަށް ކުރީ އެއީ ގަލޮޅުގައި އޮންނަ ހަމައެކަނި ހުސްބިމަށްވެފައި އެތަން ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާތީ ކަމަށް މާލެ ސިޓީ ކައުންސިލުން އޭރު ބުންޏެވެ.