Advertisement

ފެކްޓު ޗެކް: އެންމެ ބޮޑު އިސްލާމިކް ބޭންކަކީ އެމްއައިބީ

14 އޭޕްރީލް 2025 - 10:23 3

އަމަން ހަލީމް

އަމަން ހަލީމް

އާޓްވޯކް: އިސްމާއީލް އިމްދާދު


ފެކްޓު ޗެކް: އެންމެ ބޮޑު އިސްލާމިކް ބޭންކަކީ އެމްއައިބީ

14 އޭޕްރީލް 2025 - 10:23 3

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އިމާރާތްކުރާ ސަނާބިލް އިމާރާތުގެ މަސައްކަތް ފަށަން ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް ތަރައްގީ ކުރަން އިންވެސްޓުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވަނީ އެ ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކު ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން އިސްލާމީ މާލީ ހައްލުތަކަށް އިތުރުވަމުން އަންނަ ޑިމާންޑު ފުއްދުމަށް ޝަރީއާ ހުއްދަކުރާ ބޭންކިން ތަރައްގީކުރުމަށް ބީއެމްއެލްއިން ނުހަނު ބޮޑު އިސްކަމެއްދެން،" އޭނާ ވިދާޅުވި އެވެ.

ޝަރީފް މިހެން ވިދާޅުވި ނަމަވެސް، އެންމެ ފަހުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކަކީ، އެންމެ ފުރަތަމަ ހުޅުވި އިސްލާމިކް ބޭންކު ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެވެ. މިކަމަށް އެންމެ ބޮޑަށް ބާރުދެނީ އެ ރަސްމިއްޔާތުގައި ޝަރީފް ހިއްސާކުރެއްވި އަދަދުތަކެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިސްލާމިކަށް ވަނީ 2.4 ބިލިއަން ރުފިޔާގެ ޑިޕޮސިޓު ލިބިފަ އެވެ. އަދި އެ ބޭންކުން އިސްލާމިިކް ފައިނޭންސިން ޕޯޓްފޯލިއޯ ތިން ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަދަދުތަކުން ބަލާއިރު، އެންމެ ބޮޑު އިސްލާމިކް ބޭންކަކީ ބީއެމްއެލްއޭ ބުނެވޭކަށް ނެެތެވެ.

އިސްލާމިކް ބޭންކިންގައި ބީއެމްއެލްއާ ވާދަކުރާ އެމްއައިބީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ ބޭންކުގައި ކަސްޓަމަރުންގެ ޑިޕޮސިޓުގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ބޭންކުން ފައިނޭންސިން ޕޯޓްފޯލިއޯ ހަ ބިލިއަން ރުފިޔާއާ ގާތްކުރެ އެވެ. މިއީ ބީއެމްއެލް އިސްލާމިކުގެ އަދަދުތަކާ އަޅައިބަލާއިރު، ތިން ގުނަ އާއި ދެ ގުނަ އިތުރު އަދަދުތަކެކެވެ.

މިހާރު އެމްއައިބީގެ ޑިޕޮސިޓު 10 ބިލިއަން އަރާނެ ކަމަށް ބެލެވެ އެވެ. ބޭންކެއްގެ ބޮޑުމިން މިންކުރާނީ އިމާރާތަކުން ނޫނެވެ. މިފަދަ ނަންބަރުތަކާއި ހިސާބުތަކުންނެވެ. އެހެންވެ، ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކަކީ 2011 ގައި ހުޅުވި އެމްއައިބީ އެވެ.