13 އޭޕްރީލް 2025 - 03:22 0
13 އޭޕްރީލް 2025 - 03:22 0
ރައީސް މުހައްމަދު މުއިއްޒަށް ޝަކުވާ އާއި ހިޔާލު ހުށަހެޅުމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހުޅުވާލާފައި ހުންނަ ޕޯޓަލްތައް ޑައުންކޮށްލާފައި ހުންނަތާ ދެ ދުވަސްވެއްޖެ އެވެ.
"ރައްޔިތުންގެ އަޑު" ގެ ނަމުގައި ހަދާފައި ހުރި އެ ޕޯޓަލަށް ހުކުރު ދުވަހު ވެސް ނުވަދެވެ އެވެ. ޕޯޓަލްގައި ޖަހާފައި އިނީ މެއިންޓެނަންސް އަށް ވެބްސައިޓު ޑައުންކޮށްލާފައިވާ ކަމަށެވެ.
ވެބްސައިޓު ޑައުންކޮށްލުމަށްފަހު އަލުން ހުޅުވާލާނެ ކަމަށް ބުނެ ވެބްސައިޓުގައި އިނީ ޓައިމަރެއް ޖައްސައިފަ އެވެ. ނަމަވެސް ސުންގަޑި ހަމަވުމުން، ޕޯޓަލް ހުޅުވާލާނެ ކަމަށް ބުނި ވަގުތު އަނެއްކާ ވެސް ވަނީ އިތުރުކޮށްފަ އެވެ.
ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށް ތިން ކަމެއް ކުރެވޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެއީ ސަރުކާރުގެ އެއްވެސް ކަމަކާ ގުޅިގެން ރައީސް މުއިއްޒަށް ހިޔާލެއް ހުށަހެޅުން، ޝަކުވާއެއް ހުށަހެޅުން އަދި ވީޑިއޯ މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތެވެ.
އެ ޕޯޓަލް މެދުވެރިކޮށް ރައީސް މުއިއްޒާ ސުވާލު ކުރެވެނީ އީފާސް މެދުވެރިކޮށް ލޮގިންވެގެނެވެ. އެހެންކަމުން ސުވާލު ކުރާ މީހާގެ ފުރިހަމަ މައުލޫމާތު ސަރުކާރަށް އަބަދުވެސް ލިބޭނެ އެވެ. ކުރިން ރައީސް އަބްދުﷲ ޔާމީން ވެސް އެފަދަ ޕޯޓަލެއް ހެދި އެވެ. އެކަމަކު، ކާކުކަން ނޭނގޭ ގޮތަށް ވެސް އެ ޕޯޓަލަށް ހިޔާލު ހުށަހެޅެ އެވެ.
"ރައްޔިތުންގެ އަޑު" ޕޯޓަލްގެ ޕްރައިވެސީ ޕޮލިސީގައި ބުނެފައި ވަނި ހިޔާލު، ސުވާލު ނުވަތަ ޝަކުވާ ހުށަހަޅާ މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރާއި އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު ރައީސް އޮފީހުން އެއް ކުރާނެ ކަމަށެވެ. އަދި އެމީހަކު ބޭނުން ކުރާ ބްރައުޒާ ތަފުސީލާއި ޑިވައިސްގެ ބާވަތާއި އައިޕީ އެޑްރެސް ވެސް ރައީސް އޮފީހުން ނަގަ އެވެ.
އޭގެ އިތުރުން، ސެކިއުރިޓީ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މީހާގެ ޒާތީ މައުލޫމާތު ބޭނުން ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment