ހުލާސާކޮށް އިއްޔެ: މާލީ ދަތިކަމަށް ބެލުމެއް ނެތި ޓޭންކަރުތަކެއް ސިއްރުން ގަތުން

12 އޭޕްރީލް 2025 - 01:01 0

އެމްއެންޑީއެފްއިން މިހާރު ބޭނުންކުރާ ބައެއް ޓޭންކަރު -- ފޮޓޯ:އެމްއެންޑީއެފް


ހުލާސާކޮށް އިއްޔެ: މާލީ ދަތިކަމަށް ބެލުމެއް ނެތި ޓޭންކަރުތަކެއް ސިއްރުން ގަތުން

12 އޭޕްރީލް 2025 - 01:01 0

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ކަމަށް ބުނެ ސިއްރު އެއްބަސްވުމެއްގެ ދަށުން ޓޭންކަރުތަކެއް ރާއްޖެއަށް އެތެރެކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން މި ޓޭންކަރުތައް އެތެރެކޮށްފައިވަނީ މިދިޔަ ހަފުތާ އެވެ. ގާތްގަނޑަކަށް ހަ ޓޭންކަރު އެތެރެ ކުރި ކަމަށްވެ އެވެ.

މި އުޅަނދުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރި ކޮށްފައި އޮތް ކަނޑު އުޅަނދެއްގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ޓޭންކަރު ކަމަށް ބެލެވޭ ފަސް އުޅަނދު ފެންނައިރު އެ ތަކެތީގެ މަތީގައި ހުރީ ފޮތި އަޅައި ފޮރުވައިފަ އެވެ.

ޓޭންކަރުތައް އެތެރެކުރީ ކޮން ގައުމަކުން ކަމެއް އަދި އެތެރެކޮށްފައިވަނީ ކިތައް ޓޭންކަރު ކަމެއް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް އާ ސުވާލުކުރުމުން ބުނީ މައުލޫމާތު ދޭނީ ޑިފެންސް މިނިސްޓްރީން ކަމަށެވެ. ޑިފެންސުގެ މީޑިއާ ޓީމުން ފޯނަށް ޖަވާބު ދީފައެއް ނުވެ އެވެ.

މިއީ މި ސަރުކާރުން އަސްކަރިއްޔާއަށް ގަތް މިފަދަ އަގުބޮޑު ދެވަނަ ވަސީލަތެވެ. އެގޮތުން މިދިޔަ އަހަރު ކުރީކޮޅު ސަރުކާރުން ވަނީ ތުރުކީގެ ޑިފެންސް ކުންފުންޏަކުން ޑްރޯންތަކެއް ގަނެފަ އެވެ. ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދާފަ އެވެ.

އެމްއެންޑީއެފް އިން ގަތް ޑްރޯންތަކުގެ އަދަދާއި އެ ތަކެއްޗަށް މިހާތަނަށް ދިޔަ ހަރަދާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުން ސިފައިންގޭގެ ބޭނުމަށް އަގުބޮޑު ވަސީލަތްތަކެއް ގަނެފައި މިވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތަކެއް ދޫކުރާ ގޮތަށް އިންވެސްޓަރުން ހޯދަން ހުޅުވާލާފައިވަނިކޮށެވެ.

މުހިއްމު ބައެއް ހަބަރު