ވީޑިއޯގޭމް ސީރީޒް މާފިއާގެ "ދަ އޯލްޑް ކަންޓްރީ" ނެރޭ ތާރީހު ހާމަވެއްޖެ

12 އޭޕްރީލް 2025 - 04:36 0

އަހުމަދު ދާއޫދު

އ

ވީޑިއޯ ގޭމް ސީރީޒް "މާފިއާ" ގެ ސްކްރީން ޝޮޓެއް


ވީޑިއޯގޭމް ސީރީޒް މާފިއާގެ "ދަ އޯލްޑް ކަންޓްރީ" ނެރޭ ތާރީހު ހާމަވެއްޖެ

12 އޭޕްރީލް 2025 - 04:36 0

މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް "މާފިއާ" ގެ އާ ޕާޓު "ދަ އޯލްޑް ކަންޓްރީ" ނެރޭ ތާރީހު ހާމަވެއް ޖެއެވެ.

މި މައުލޫމާތު ހާމަވެފައި ވަނީ ކުރިން އެ ތާރީހު ހިމެނިފައިވާ މާކެޓިން މެޓީރިއަލްއެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ.

ހޭންގަރ 13 އާއި 2ކޭ އިން ތައްޔާރުކުރާ މި ގޭމަކީ މާފިއާ ފްރެންޗައިޒްގެ ކްރައިމް އާ ވާހަކައެއްގެ ފެށުން ކަމަށް ބުނެފައިވެ އެވެ. 1900ގެ އަހަރުތަކުގެ ސިސިލީގައި ހިނގާ މި ގޭމުގައި، ކުޑައިރު ގަނޑުވަރު ހޯދުމުގެ މަސައްކަތުގައި އުޅުނު އެންޒޯ އަކީ މައި ކެރެކްޓަރެވެ. އޭނާއަށް ޑޮން ޓޮރިސީގެ ގޭންގާ ގުޅުމުގެ ފުރުސަތު ލިބެ އެވެ.

ގޭމް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައި ވަނީ 2025 ގައި ނަމަވެސް، ސްޓީމް ބްލޮގް ޕޯސްޓެއްގައި ގޭމް ނެރުމުގެ ތާރީހު ކަމަށް އޯގަސްޓް 8 ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. މި މައުލޫމާތު މިހާރު ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ. ނަމަވެސް، އެ ބްލޮގް ޕޯސްޓް މިހާރު ވަނީ އެޑިޓް ކުރެވިފަ އެވެ.

މިގޭމް ނެރުމާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ރޭވިފައިވަނީ އަދި ފަހުން ކަމަށް ލަފާކުރެވެ އެވެ. އެ އިވެންޓުގައި ހޭންގަރ 13 އިން މި ގޭމުގެ އައު ގޭމްޕްލޭ ދައްކާނެ ކަމަށާއި، އަދި ނެރުމުގެ ތާރީހު ހާމަކުރާނެ ކަމަށް ބެލެވެއެވެ.

"މާފިއާ: ދަ އޯލްޑް ކަންޓްރީ" ނެރުމަށް ހަމަޖެހިފައި ވަނީ ޕްލޭސްޓޭޝަން 5، އެކްސްބޮކްސް ސީރީޒް އަދި ޕީސީ އަށެވެ.

ގޭމް އިއުލާންކުރުމާ ގުޅިގެން ހޭންގަރ 13 ގެ ރައީސް ނިކް ބޭންސް ބުނެފައި ވަނީ "މާފިއާ: ދަ އޯލްޑް ކަންޓްރީ" އަކީ ޒަމާންވީ، ހަރުކަށި މާފިއާ ވާހަކަތަކަށް ލޯބިން ފޮނުވާ ސިޓީއެއް ކަމަށެވެ. އަދި މި ގޭމުން ކުޅޭ މީހުންނަށް ރޭވިގެންވާ ކުށުގެ އަސްލު އުފެދުނުގޮތް ދެނެގަނެވޭނެ ކަމަށް ބުނެފައިވެ އެވެ،

"ހޭންގަރ 13 ގެ އެންމެން ވެސް މަސައްކަތް ކުރަނީ މި ފްރެންޗައިޒްގެ އެންމެ އަސްލު އަދި ފުރިހަމަ ވާހަކަ ގެނެސްދިނުމަށް. މިގޭމް ކުޅޭ މީހުންނަށް އެންޒޯގެ ދަތުރު ތަޖުރިބާކުރެވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިންތިޒާރުކުރަން،" ނިކް ބޭންސް ބުންޏެވެ.

"މާފިއާ" އަދި "މާފިއާ 2" ގެ ޑެފިނިޓިވް އެޑިޝަންތައް 2020 ގައި ނެރުނު ނަމަވެސް، "ދަ އޯލްޑް ކަންޓްރީ" އަކީ 2016 ގައި ނެރުނު "މާފިއާ 3" އަށްފަހު ނެރޭ އެއްކޮށް އައު މާފިއާ ގޭމެވެ.

މިއީ މި ސީރީޒްގެ އެންމެ ފަހުގެ ބައި ކަމުގައި ބެލެވޭ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.