10 އޭޕްރީލް 2025 - 09:48 0
މުހައްމަދު ޝަހްޒާން
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް: އޭނާ ވިދާޅުވީ ޗައިނާގެ ބޭންކަކުން ފޮނުވި ޓާމް ޝީޓު އިކޮނޮމިކް ކައުންސިލުން ފާސް ކުރުމާއެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް
10 އޭޕްރީލް 2025 - 09:48 0
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މާލެ ސަރަހައްދުގައި އަޅާ 5000 ފްލެޓަށް ބޭނުންވާ ލޯނު ހަމަޖެހޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާގެ ބޭންކަކުން ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަމްދާން، އަދަދު ނޫހަށް ވިދާޅުވީ 5000 ފްލެޓަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާގެ ބޭންކަކުން ދީފައިވާ ކަމަށާއި ލޯނުގެ ގޮތުގައި ދޭނެ އަދަދާއި އިންޓްރެސްޓު އަދި ލޯނު އަނބުރާ ދައްކަންޖެހޭނެ މުއްދަތުގެ ތަފުސީލު ހިމެނޭ ޓާމް ޝީޓު ވެސް މިހާރު ލިބިފައިވާ ކަމަށެވެ.
"އިކޮނޮމިކް ކައުންސިލުން އެޕްރޫވްކޮށް އިންޖިނިއަރިން ޕްރޮކިއުމަންޓް ކޮންސްޓްރަކްޝަންގައި ސޮއި ކުރިހާ އަވަހަކަށް ލޯނު އެއްބަސްވުމުގައި އަޅުގަނޑުމެން ވެސް ސޮއި ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މި ލޯނު ދޫކުރަން ނިންމާފައިވާ ބޭންކާއި ލޯނުގެ ތަފުސީލުތައް ފަހުން އާންމު ކުރައްވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީން މިހާރު ވެސް ގެންދަނީ މާލެ ސަރަހައްދުގައި 4000 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުރީ ސަރުކާރުގައި އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނު ފެސިލިޓީއެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މިހާރު ފައިސާ ހަމަޖައްސަމުންދާ 5000 ފްލެޓަކީ މާލޭ ސަރަހައްދުގައި މި ސަރުކާރުން އަޅަން ނިންމާފައިވާ 15،000 ފްލެޓުގެ ތެރެއިން ފްލެޓުތަކެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment