10 އޭޕްރީލް 2025 - 09:34 0
އަހުމަދު އާއިދު
ހުޅުމާލެއިން ރޭ އަތުލައިގަތް ރާ ފުޅިތައް --- ފޮޓޯ: ފުލުހުން
10 އޭޕްރީލް 2025 - 09:34 0
ގިނަ އަދަދެއްގެ ރާ ފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭ 10:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ހުއްޓުވީ ބަނގުރާ އުފުލާ ކަމަށް ބެލެވޭ ވެހިކަލެއް ކަމަށެވެ. އެ ވެހިކަލް ބަލައިފާސްކުރިއިރު، ބަނގުރާ ހުރި ކަމަށް ބެލެވޭ 54 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ މީހުންގެ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ ރާ ފެނުނު ވެހިކަލް ޓޯ ކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި ބަނގުރާ ވިއްކުމާ ގުޅިގެން ހައްޔަރުކުރާ މީހުންގެ ތެރޭގައި ބިދޭސީން ގިނަކަން ފާހަގަކުރެވެ އެވެ.
Comment