7 އޭޕްރީލް 2025 - 17:05 1
މުހައްމަދު ޝަހްޒާން
ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް: މޯލްޓާއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑު ވަޒީރުގެ އިތުރުން ބައެއް މިނިސްޓަރުންނާ އޭނާ ބައްދަލު ކުރައްވާނެ -- ފޮޓޯ: ރައީސް އޮފީސް
7 އޭޕްރީލް 2025 - 17:05 1
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް މޯލްޓާއަށް މިއަދު ވަޑައިގެންފި އެވެ.
ހަލީލް އާއެކު އަރިހުގައި ސެކްރެޓަރީ، ޑރ. ހަލާ ހަމީދު އާއި ސީނިއާ އަންޑާ ސެކްރެޓަރީ، ޑރ. ހަސަން ހުސެއިން ޝިހާބު ވެސް މޯލްޓާއަށް ވަޑައިގެންނެވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މޯލްޓާއަށް ހަލީލް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު، ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު، އިއާން ބޯގް އާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން މޯލްޓާގެ ބައެއް އެހެން ކެބިނެޓު ވަޒީރުންނާ ވެސް ބައްދަލު ކުރައްވައި ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށްޓާއި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރީން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
3 days ago
ފައިސާ ހޯދުމުގެ ބޭނުމުގަ،
Comment