އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަން ކަމަށް ބުނެ ހޯނޑެއްދޫގެ އިހުތިސާސުން ކަޑެވާރެހާ އުނިކޮށްފި

6 އޭޕްރީލް 2025 - 10:48 1

އަހުމަދު އާއިދު

އ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހޯޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ އުނިކުރި ގަރާރުގައި ސޮއިކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް


އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަން ކަމަށް ބުނެ ހޯނޑެއްދޫގެ އިހުތިސާސުން ކަޑެވާރެހާ އުނިކޮށްފި

6 އޭޕްރީލް 2025 - 10:48 1

ގދ. ކަޑެވާރެހާ ގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޕަޓީތަކެއް ތަރައްގީކުރަން ކަމަށް ބުނެ އެ ރަށް، ހޯނޑެއްދޫގެ އިހުތިސާސުން އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހޯނޑެއްދޫގެ އިހުތިސާސުން ކަޑެވާރެހާ އުނިކުރަން ރައީސް ނިންމެވީ މިއަދު އާންމުކުރި ގަރާރެއްގައި ކަމަށެވެ. އެ ގަރާރާއެކު ބަދަލު ކުރި ހޯޑެއްދޫގެ ހިމެނޭ ސަރަހައްދުގެ އިހުތިސާސްތައް ފެންނާނެ ޗާޓު މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސަށް ބަދަލު ގެނައުމުގެ ބާރު، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ރައީސުލްޖުމްހުރިއްޔާއަށް ލިބެ އެވެ.

ކަޑެވާރެހާ އުނިކޮށް ހޯނޑެއްދޫގެ އިހުތިސޯސަށް ގެނެސްފައިވާ ބަދަލު --- ފޮޓޯ: ގެޒެޓު


ޓޫރިސްޓު ފެސިލިޓީތައް ތަރައްގީކުރަން މި ފަހުން ރައީސް ވަނީ ހއ. ކެލާގެ ފަޅު ތެރޭ ދެ ރިސޯޓެއް ތަރައްގީ ކުރަން ނިންމާ އެ ދެ ސަރަހައްދު ވެސް އެ ރަށުގެ އިހުތިސާސުން އުނިކޮށްފަ އެވެ.

ކަޑެވާރެހާ ގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މީގެ ކުރިން 2023 ގެ ކެމްޕޭނުގައި ހޯޑެއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ވަނީ، މިއީ އެ ރަށުގެ ރައްޔިތުންނަށް އިތުރު އާމްދަނީ އާއި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް ކުރިއަށް ގެންދާނެ މަޝްރޫއެއް ކަމަށް ވިދާޅުވެފަ އެވެ.