4 އޭޕްރީލް 2025 - 06:59 0
4 އޭޕްރީލް 2025 - 06:59 0
އިރާންގެ ތަޖުރިބާކާރު ކޯޗު، އަލީ ޕޯ އަރޫޖީގެ ބެލުމުގެ ދަށުން ގައުމީ 23 އަހަރުން ދަށުގެ ފިރިހެން ވޮލީ ޓީމުގެ ޓްރަޔަލްތަކެއް ކުރިއަށް ގެންދިއުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.
ވީއޭއެމް އިން މައުލޫމާތު ދިން ގޮތުގައި، އިރާން އާއި ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗުކަން ކޮށްފައިވާ އަލީގެ ބެލުމުގެ ދަށުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރަޔަލްތައް ކުރިއަށްގެންދާނީ މި މަހު 17-29 އަށް ސޯޝަލް އިންޑޯގަ އެެވެ. އެއީ، ކޮންމެ ދުވަހަކު، 1:45 އިންނެވެ.
މިއީ، ފެންވަރު ރަނގަޅު ބިދޭސީ ކޯޗެއްގެ ބެލުމުގެ ދަށުން ޒުވާން ގައުމީ ވޮލީ ޓީމެއްގެ ޓްރަޔަލް މި ފަދަ ގޮތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފުރަތަމަ ފަަހަރެެވެ.
އިރާނާއި ބަންގްލަދޭޝަށް ވެސް އޭޝިއާގެ އެކި މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރި ކޯޗު އަލީ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ރާއްޖޭއާ ދެކޮޅަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެފަ އެެވެ.
ކުރިން ވޮލީބޯޅަ ކުޅެފައިވާ އަލީ، ކޯޗިން ކެރިއަރު ރަސްމީކޮށް ފަށާފައިވަނީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އިރާންގެ އެކި ލެވަލްގެ ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށް ފަހު، ބައިނަލްއަގުވާމީ ލެވަލަށް ނުކުމެ، މިހާތަނަށް ހަވާލުވި އެކި ޓީމުތަކުގައި ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ، ބަންގްލަދޭޝްގެ ގައުމީ ޓީމުގައި ގިނަ އަހަރުތަކެއް މަސައްކަތްކުރި އަލީ އަކީ އެފްއައިވީބީގެ ކޯޗިންގެ މަތީ ފާހެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment