ހިމަންދޫ ފަޅުގައި އޮތް ބޮޑު ލޯންޗެއް ގޮވައި، އަނދައި ހުލިވެއްޖެ

4 އޭޕްރީލް 2025 - 05:08 1

ކައެލް ވިންގު ލޯންޗު އަނދައި ހުލިވަނީ


ހިމަންދޫ ފަޅުގައި އޮތް ބޮޑު ލޯންޗެއް ގޮވައި، އަނދައި ހުލިވެއްޖެ

4 އޭޕްރީލް 2025 - 05:08 1

އއ. ހިމަންދޫ ފަޅުގައި އޮތް ބޮޑު ލޯންޗެއް ގޮވައި، އަނދައި ހުލިވެއްޖެ އެވެ.

އއ. އަތޮޅުގެ ބައެއް ރަށްތަކާއި މާލެއާ ދެމެދު ދަތުރުކުރަން ބޭނުންކުރާ ގާތްގަނޑަކަށް 40 މީހުންގެ ޖާގައިގެ، "ކައެލް ވިންގު" ނަމަކަށް ކިޔާ، އައުޓު ބޯޑު ހަތަރު އިންޖީނު އެޅި ލޯންޗު ގޮވީ، ފަތިހު 5:50 ހާއިރު ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އަދި ބަހެއް ނުބުނެ އެވެ.

ހުޝާމް ވިދާޅުވި ގޮތުގައި ލޯންޗު ގޮވީ، ހިމަންދޫން މާލެއަށް ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. އޭރު ލޯންޗުގައި ކައްޕި އާއި ފަޅުވެރިޔަކާއި ކުޑަ ކުއްޖަކު ލޯންޗުގައި ހުރިއިރު، ޕަސެންޖަރުން ތިބީ ލޯންޗު އެއްގަމު ތޮށްޓާއި ގާތްކުރަން ދެން ބަނދަރު މަތީގަ އެވެ.

"ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ،" ހުޝާމް ވިދާޅުވި އެވެ.

ލޯންޗު ގޮވި އަޑު މުޅި ރަށުތެރެއަށް ފެތުރިގެން ދިޔަ ކަމަށާއި އެއީ އިންތިހާއަށް ބާރު އަޑެއް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބާރު އަޑެއް. އަހަރެން ވެސް ހީކުރީ ރަށަށް އެއްޗެއް ވެއްޓުނީ ކަމަށް. ބިރުން ހުރެ ގެއިން ނުކުތްއިރު، ރަށުގެ މަތިން ބޯދުން ފެންނަން ހުރި. ބަނދަރު މައްޗަށް ދިޔައިރު ލޯންޗު ދަނީ އަނދަމުން،" ހުޝާމް ވިދާޅުވި އެވެ.

ލޯންޗުގައި އަލިފާން ރޯވީ ބަނދަރުގެ ބޭރު ތޮށީގައި އޮއްވަ އެވެ.

"އަލިފާން ރޯވި ކަމަށް ގަބޫލު ކުރެވެނީ ސްޓާޓު ކުރި ވަގުތު. ލޯންޗު ކަނާތް ފަރާތް ފަޅައިގެން ގޮސްފައި އެބަ ހުރި. އެއީ ކަމަށް ބެލެވެނީ އެ ގޮވި ބާރު އަޑަކީ،" ހުޝާމް ވިދާޅުވި އެވެ.

ލޯންޗު ގޮވި ސީދާ ސަބަބެއް ނޭނގުނު ނަމަވެސް، ހުޝާމް ބުނި ގޮތުގައި އެ ލޯންޗުގައި ޕެޓްރޯލް ލީކުވުމުގެ މައްސަލައެއް ކުރިމަތިވެފައިވެ އެވެ. ނަމަވެސް ލޯންޗު ގޮވީ އެ ސަބަބާ ހުރެ ކަމެއް ތަހުގީގު ކުރާ ފަރާތަކުން އަދި ނުބުނެ އެވެ.

ލޯންޗު 90 ޕަސެންޓު ވަރު އަނދާފައިވާ ކަމަށާއި، މިހާރު އުޅަނދު އޮތީ ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށް ހުޝާމް ބުންޏެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މުހުއްމަދު

5 days ago

ތިޔަ ބްރޭންޑުގެ ހުރިހާ ލޯންޗެއް ވަގުތުން ގުރައުންޑު ކުރޭ! އަވަހައް ތަހުގޭގު ކޮށްތިޔަ ބާވަތުގެލޯންޗުގައި ދަރުކުރަން ސޭފު ތޯ ކަށަވަރު ކުރުން މުހިއްމު.