އަނިޔާގެ ސަަބަބުން އާސެނަލްގެ ގަބްރިއެލް އަށް ސީޒަން ނިމިއްޖެ

4 އޭޕްރީލް 2025 - 03:19 0


އަނިޔާގެ ސަަބަބުން އާސެނަލްގެ ގަބްރިއެލް އަށް ސީޒަން ނިމިއްޖެ

4 އޭޕްރީލް 2025 - 03:19 0

ލަންޑަން (އޭޕްރީލް 4) - އަނިޔާގެ ސަބަބުން އާސެނަލްގެ ބްރެޒިލް ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް އަށް ސީޒަން ނިމިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ގަބްރިއެލް، 27، ފަލަމަސްގަނޑަށް އަނިޔާވީ އަންގާރަ ދުވަހުގެރޭ އާސެނަލުން 2-1 އިން ފުލަމް ބަލިކުރި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ގަބްރިއެލް އަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އެ ގޮތުން، އެ މެޗަށް ފަަހު، ގަބްރިއެލްގެ އަނިޔާގެ ތަފްސީލް ދެނެގަތުމަށް ހެދި ޓެސްޓްތަކުން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭކަން ކަށަވަރުވުމާ އެކު، މި ސީޒަނުގެ ބާކީ ބައިގައި އޭނާ ނުކުޅޭނެކަން ޔަގީންވީ އެވެ.

އާސެނަލުން ބުނެފައިވަނީ، ގަބްރިއެލް ފޯކަސްކުރާނީ، 2025/2026 ވަނަ ސީޒަނުގެ ޕްރީ ސީޒަނަށް ފިޓްވުމަށް ކަމަށެވެ.

ފްރާންސްގެ ލިލް އަށް ކުރިން ކުޅުުނު ގަބްރިއެލް އަކީ މި ފަހަރުގެ ޕްރިމިއާ ލީގުގައި އާސެނަލުން ކުޅުނު 30 މެޗުގެ ތެރެއިން 28 މެޗުގައި ކުޅުނު ޑިފެންޑަރެކެވެ. އޭނާއާ އެކު އާސެނަލްގެ ފަހަތުގައި ވިލިއަމް ސަލީބާ ރަނގަޅު ޕާޓްނާޝިޕެއް ހެދިއިރު، އެ ޓީމަކީ ލީގުގައި އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑް އޮތް ޓީމެވެ. ގަބްރިއެލް ނުލައި، ސީޒަނުގެ މުހިންމު މެޗުތަކުގައި ކުޅެން ޖެހުމަކީ، އާސެނަލް އަށް ގޮންޖެހުން ބޮޑުވާނެ ކަމެކެވެ.

އާސެނަލަށް ދެން އެންމެ އަވަހަށް އޮތް މެޗަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.