އާސެނަލުން އެންޓޮނީ އަށް ފާރަލުމުގެ ފުރުސަތު އެބައޮތް

5 އޭޕްރީލް 2025 - 06:34 0


އާސެނަލުން އެންޓޮނީ އަށް ފާރަލުމުގެ ފުރުސަތު އެބައޮތް

5 އޭޕްރީލް 2025 - 06:34 0

ލަންޑަން، އިންގްލަންޑް (އޭޕްރީލް 5) - އަންނަ ސީޒަނަށް އާސެނަލް ޓީމުން ފެންނާނެ ބަދަލުތަކުގެ ތެރެއިން، އެ ޓީމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި މި ވަގުތު ހުރި ބްރެޒިލްގެ ވިންގް އެންޓޮނީ އަށް ހުށަހަޅަފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެންޓޮނީ މި ވަގުތު ހުރީ ސްޕެނިޝް ލީގުގެ ރެއާލް ބެޓިސްގަ އެވެ. އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނާތީވެ، އެ ޓީމުން އެންޓޮނީގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށް މަސައްކަތް ކުރާ ކަމަށް ސްޕެއިނުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޔުނައިޓެޑުން އެންޓޮނީ ދޫކޮށްލީ އޭނާގެ ފޯމު ދަށްވުމާ ގުޅިގެން އެ ޓީމުގެ ސަޕޯޓަރުންގެ ފާޑު ކިޔުން ވެސް އަމާޒުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. ކުރިން އަޔަކްސް އަށް ކުޅުނު އެންޓޮނީ އަކީ އާސެނަލްގެ އާ ސްޕޯޓިން ޑިރެކްޓަރު، އަންދްރެއާ ބާޓާ، އެ ކްލަބްގެ ޓްރާންސްފާ ޕްލޭނުގެ ތެރޭގައި ހިމަނާފައިވާ ކުޅުންތެރިއެއް ކަމަށް ދެކުނު އެމެރިކާގެ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އަޔަކްސް ދޫކޮށް އެންޓޮނީ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ 82 މިލިއަން ޕައުންޑަށެވެ. އެއީ ޔުނައިޓެޑުގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.