2 އޭޕްރީލް 2025 - 05:09 0
އަހުމަދު އާއިދު
މޯލްޑިވިއަންގެ ސީޕްލޭނެއް ދަތުރުކުރަނީ : މޯލްޑިވިއަނުން ބ. އަތޮޅަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތަކެއް ވަނީ ފަށާފަ --- ފޮޓޯ: އަދަދު
2 އޭޕްރީލް 2025 - 05:09 0
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބ. އަތޮޅަށް ޝެޑިއުލްކޮށްގެން ސީޕްލޭން ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.
އެ އެއާލައިން ހިންގާ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންއިން ބުނީ މި ދަތުރުތައް ކުރަނީ ބ. އަތޮޅުގެ ފުޅަދޫ، ގޮއިދޫ، އަދި ފެހެންދޫއަށް ކަމަށެވެ. މި ދަތުރުތައް ކުރަން ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މި ފިތުރު އީދު ބަންދާ ދިމާކޮށް ބ. އަތޮޅަށް ފެށި ސީޕްލޭން ދަތުރުތަކުގައި ހުރިހާ ފުލައިޓެއް ފުލްވި ކަމަށް އެއާލައިނުން ބުނެ އެވެ. މި ދަތުރުތަކުގެ އެއްކޮޅު އަގަކީ 1099ރ. އެވެ.
މޯލްޑިވިއަންގައި ޓުވިން އޮޓާ މަރުކާގެ ޖުމްލަ 11 ބޯޓު އޮންނައިރު މީގެން ކޮންމެ ބޯޓެއްގައި 13 މީހުން އުފުލެ އެވެ.
ބ. އަތޮޅުން ސީޕްލޭން ދަތުރުތައް ފެށި ތިން ރަށަކީ ގުދުރަތީ ގޮތުން ވަކި އަތޮޅެއްގައި، އެއް ފަޅެއްގައި އޮންނަ ތިން ރަށެވެ. މި ތިން ރަށާއި އެ އަތޮޅުގެ އެއާޕޯޓު އޮންނަ ދަރަވަންދުއާ ދެމެދު ދަތުރުގެ ދިގުމިނަކީ ގަޑިއެއްހާއިރު އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment