29 މާރިޗު 2025 - 09:56 0
ލީވާން އަލީ ނާސިރު
29 މާރިޗު 2025 - 09:56 0
އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު މާދަމާ ބަންދުވާނެ އެވެ.
ރޯދަ މަހުގެ އެންމެ ފަހު ދުވަހު ކަރާ ފެޅުން ނިންމާލާއިރު، ކަރާ ފަޅައިގެން ހޮވޭ ނަސީބުވެރިއަކަށް އެޕަލްގެ 10 އިނާމުގެ ބަންޑަލް އެއް ލިބޭނެ އެވެ.
"ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވޭ،" އުރީދޫ އިން ބުންޏެވެ.
އުރީދޫ ކަރާ ފެޅުން ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކެއް ވަނީ ފަހިކޮށްދީފަ އެވެ.
އުރީދޫގެ ކަރާ ފެޅުމުގެ ގްރޭންޑް ޕްރައިޒަކަށް ލިބޭ އެޕަލްގެ 10 އުފެއްދުމުގެ ތެރޭގައި އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް -65 ޓީވީ ހިމެނެ އެވެ.
އުރީދޫ އިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުޖުތަމައަށް މާނަހުރި ގުޅުމާއި ތަޖުރިބާތައް އުފެއްދުމަށް ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment