about 17 hours 0
ލީވާން އަލީ ނާސިރު
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ: ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވަން އުރީދޫއިން ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އުރީދޫ
about 17 hours 0
އުރީދޫ މޯލްޑިވްސް އިން ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމަށާއި އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފްކުރުމާއި އައިއޯޓީގެ ގާބިލްކަން ފުޅާކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހާލިދު ވަނީ ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ޑިޖިޓަލް އެކްސެސްގެ ސަބަބުން އިގްތިސާދީ ކުރިއެރުމާއި، އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުން،" އޭނާ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެވެ.
އެގޮތުން އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އެޑްވާންސް ޑިޖިޓަލް ހިދުމަތްތައް ދަނީ ތައާރަފް ކުރަމުންނެވެ.
ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment