މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

29 މާރިޗު 2025 - 07:47 3

ލީވާން އަލީ ނާސިރު

ލ


މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

29 މާރިޗު 2025 - 07:47 3

އެމްޑީޕީގެ އެކްޓިވިސްޓު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް މާޗު 17، ގެ ރޭ ދަންވަރު ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ތިބި ސައިކަލު ދުއްވި ކަމަށް ތުހުމަތު ކުރެވޭ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް, 20 އެވެ.

އަހްމަދު ރިޝްމާހްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ މާޗު 27، ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ވަގުތު ސައިކަލު ނުދުއްވާ ކަމަށް އަހްމަދު ރިޝްމާހް އިންކާރު ނުކުރާއިރު، އޭނާއާ އެކު ސައިކަލުގެ ފަހަތުގައި ހުރި މީހާގެ މައުލޫމާތު ހިއްސާ ކޮށްފައިވާކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ދުރާލައި މަންދީއަށް ފާރަލަމުން ގޮސް ކަޅުތެޔޮ ޖެހީ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަ ދެއްކި މަންދީގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މަންދީ އަދަދު އަށް ބުނީ މީގެ ކުރިން ވެސް ސައިކަލްގައި އެކަނި އުޅޭ ކަމަށާއި ދުވަހަކު ވެސް މަގުމަތިން މީހަކު މިފަދަ ކަމެއް ކޮށްފައި ނެތް ކަމަށެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޟިފޫ

3 days ago

ރަނގަޅަށް ތިވީ ވަނުވާ ނޭނގިގެން އުޅޭ މީހުންނަށް ވާންވީގޮތް މިވަނީ.. ނުޖެހޭނެ އެއްވެސް މީހެއްގެ ގަޔަށް އަރާކަށް އަނގަ އިން ކިޔާ އެއްޗެއް ކިޔާ.. އެހެންނޫނަސް އެއީ މީނަގެ މަންމަ އުމުރުގެ މީހެއް މަގޭ ހިތަށްއަރާ މިކުދިން ބޮޑެތިވީ ކޮން ތަނަކުން ތަރުބިއްޔަތު ލިބިގެން ބާއޭ.. ކުޑަމިނުން ބޮޑުމީހަކަށް ވެސް އިޚްތިރާމް ކުރުމެއްވެސް ނެތެވެ.. މީނާ ޟަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އިލްތިމާސް ކުރަމެވެ..

ސައިޚް

4 days ago

މިރާއްޖޭގަ ކަންހިނގާގޮތް، ތިއަ ޅަސޮރާ، މަންދިއާކޮންގުޅުމެއް، ބުނަންމިއުޅެނީ ތިއަސޮރު ކޮންކަމެއް ބޮޑުވެގެންހޭ މަންދި ގައަށް ކަޅުތެޔޮ ޖަހަންވީ، ތީގެ އަޑީގަ ހުރި ސިޔާސީ މީހާއޭ ހޯދަންވީ، ތިއަސޮރުމެނަށް ފައިސާދީގެން ކުއްކުރުވާ މީހާ ހޯދަބަލަ ފުލުހުން، ފުލުހުން އިސްލާހުކުރަން މަސައްކަތް ކުރީމަ އިސްލާހުވާނެ،

އަހްމަދ

4 days ago

ސާޖިދާ ބުނެގެން ކުރިކަމެއްތޯ އަހާބަލަ.