27 މާރިޗު 2025 - 19:48 0
ލީވާން އަލީ ނާސިރު
މާލޭގައި ޒަކާތް ދައްކަން ގޮސް ތިބި ބަޔަކު. -- ފައިލް ފޮޓޯ
27 މާރިޗު 2025 - 19:48 0
ފަގީރުންގެ ލިސްޓުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ 2،765 މީހުންނަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500ރ. ބޮލަކަށް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ ފައިސާ ބަހާނީ އަލަށް ގެނެވުނު ބަދަލާ އެކު ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއްހަމައަކުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފިގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށާއި އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށެވެ.
"މީގެ ކުރިން މިކަން ކުރާ ގޮތަކީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި އެ ރަށަކަށް ލިބެނީ. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު،" އޭނާ ވިދާޅުވި އެވެ.
މިގޮތުން އަލަށް ގެނެވުނު ބަދަލާ އެކު މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައިގެން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އެއްހަމައަކުން ބެހިގެންދާނެ އެެވެ.
މިދިޔަ އަހަރުގެ މާލޭގައި ފަގީރެއްގެ ބޮލަކަށް 8،000ރ. ގެ މަގުން ފިތުރު ޒަކާތް ބެހި އެވެ. އަދި 2023 ގައި ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ލިބިފައި ވާއިރު، މާލެއިން 1736 މީހަކަށް ބަހާފައިވަނީ ބޮލަކަށް 3،450ރ. ގެ މަގުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment