ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީ އުވާލަން ރައީސް އަންގަވައިފި

27 މާރިޗު 2025 - 19:20 0

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީ އުވާލަން އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީ އުވާލަން ރައީސް އަންގަވައިފި

27 މާރިޗު 2025 - 19:20 0

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ސްޓޫޑެންޓު ލޯނުން ނަގަމުން އައި އެއް ޕަސެންޓުގެ އެޑްމިނިސްޓްރޭޝަން ފީ އުވާލައި, ޝަރީއާ އުސޫލުތަކަށް ފެތޭ ލޯނަކަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އަންގަވައިފި އެވެ.

ރައީސް މުއިއްޒު އެކްސް ގައި ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯންތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަށް ހެދުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މިގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީން ހޯދުމަށް ހަޔާ އެޑިއުކޭޝަނުން ދޫކުރާ ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއް ގޮތުގައި ހަމަޖައްސަން ލޯނާ އެކު ހިމެނިފައިވާ އެއް ޕަސަންޓުގެ އެމްމިނިސްޓްރޭޓިވް ފީ އެއްކޮށް އުނިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގެނެވޭ ބަދަލާ އެކު ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖުނުކޮށް އަދި ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓު ކުރާނެ ކަމަށެވެ.

މީގެ ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރަމުން ދިޔައީ އެއް ޕަސަންޓުގެ އެޑްމިނިސްޓްރޭޓިވް ފީއަކާ އެކުގަ އެވެ. ނަމަވެސް އޭގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގަ އެވެ. އަދި އިންޓްރެސްޓުގެ ގޮތުގައި އެއްވެސް އަދަދެއް ނުނަގާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ސްޓޫޑެންޓު ލޯނުތަކުން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ކުރިން ނަގަމުން އައި ތިން ޕަސެންޓު އެއް ޕަސެންޓަށް ކުޑަ ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި, އޭޕްރީލް 28, 2022 ގަ އެވެ.