އައިޕީއެލް: ޝްރޭޔަސް ތަފާތު ދައްކައި ގުޖުރާތު އަތުން ޕަންޖާބް މޮޅުކޮށްދީފި

26 މާރިޗު 2025 - 06:47 0


އައިޕީއެލް: ޝްރޭޔަސް ތަފާތު ދައްކައި ގުޖުރާތު އަތުން ޕަންޖާބް މޮޅުކޮށްދީފި

26 މާރިޗު 2025 - 06:47 0

އަހުމަދުއާބާދު، އިންޑިއާ (މާޗް 26) - ޝްރޭޔަސް އަޔަރުގެ މޮޅު ކުޅުމާ އެކު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި، ޕަންޖާބް ކިންގްސް އިން ގުޖުރާތު ޓައިޓަންސް އަތުން މޮޅުވެއްޖެ އެވެ.

ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ގުޖުރާތަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވުމަށެވެ.

ފުރަތަމަ ކުޅެން އެރި ޕަންޖާބުން އެންމެ ރަނގަޅަށް ކުޅުނީ، އެންމެ ފަހުގެ ޗެމްޕިއަން، ކަލްކަތާ ނައިޓް ރައިޑާސް އިން ދޫކޮށްލުމުން، ޕަންޖާބަށް ބަދަލުވި ޝްރޭޔަސް އެވެ. ތިން ވަނަ ބެޓްސްމަނެއްގެ ގޮތުގައި ކުޅެން އަރައި، ޝްރޭޔަސް ވަނީ ނުބައިނުވެ، 42 ބޯޅައިން 97 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި، ޕަންޖާބުން ވަނީ 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 243 ލަނޑު ހަދައިފަ އެވެ.

ޝްރޭޔަސްގެ އިތުރުން ދެން، ޕަންޖާބަށް ރަނގަޅު ކުޅުމެއް ދެއްކީ، 47 ލަނޑަށް ނުބައިވި ޕްރިޔާންޝް އާރްޔާ އާއި 44 ލަނޑު ހެދި، ޝަޝާންކް ސިންގް އެވެ. މި އިނިންގްސްގައި ގުޖުރާތުގެ ސައި ކިޝޯރު ތިން ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އެރި، ގުޖުރާތަށް 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 232 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 41 ބޯޅައިން 74 ލަނޑު ހެދި ސައި ސުދަރުޝަން އާއި 54 ލަނޑު ހެދި ޖޯޝް ބަޓްލާ އެވެ.

އައިޕީއެލްގައި މިރޭ ކުޅޭނީ ކަލްކަތާ ނައިޓް ރައިޑާސް އާއި ރާޖަސްތާން ރޯޔަލްސް އެވެ.