ހުލާސާކޮށް އިއްޔެ: ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކުރުން

23 މާރިޗު 2025 - 02:59 0

ތެލެސީމިއާ ސެންޓަރުގައި ރޭ ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކުރުން

23 މާރިޗު 2025 - 02:59 0

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި އެތަނުގައި ރޭ މުޒާހަރާކުރި އެވެ.

މަޖީދީ މަގުގައި ހުންނަ ތެލެސީމިއާ ސެންޓަރުގައި އެ މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު އެއްވެސް އަލިމަގެއް ނުފެނުމުންނެވެ.

މައްސަލަ ހޫނުވީ އެ ތަނުން ލިބެން ޖެހޭ ބޭސް ނުލިބި އަދި ލޭއަޅާއިރު ބޭނުންކުރާ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހުމުން ކަމަށް، މުޒާހަރާގެ ބައިވެރިން ބުންޏެވެ. އެންމެ ފުރަތަމަ މިކަމުގެ ކަންބޮޑުވުންތައް ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ހިއްސާކުރީ ސޯޝަލް މީޑިއާގަ އެވެ.

ކަންބޮޑުވުންތައް ހިއްސާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަން ފެށުމާ އެކު ބައްދަލުވުން ވަނީ މެދުކަނޑާލާފަ އެވެ.

މުހިއްމު ބައެއް ހަބަރު