މެކްސިކޯގެ ކްލަބް ލެއޯން ފީފާ ކްލަބް ވޯލްޑް ކަޕުން ބޭރުކޮށްލައިިފި

22 މާރިޗު 2025 - 06:38 0

ކްލަބް ލެއޯންގެ މެޗެއްގެ ތެރެއިން ހަމޭސް ރޮޑްރިގޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ


މެކްސިކޯގެ ކްލަބް ލެއޯން ފީފާ ކްލަބް ވޯލްޑް ކަޕުން ބޭރުކޮށްލައިިފި

22 މާރިޗު 2025 - 06:38 0

މެކްސިކޯ ސިޓީ، މެކްސިކޯ (މާޗް 22) - މެކްސިކޯގެ ކްލަބް ލެއޯން، މި އަަހަރު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕުން ވަނީ ބޭރުކޮށްލައިފި އެވެ.

ފީފާ އިން މި ގޮތަށް ނިންމާފައިވަނީ، ކްލަބް ލެއޯން އާއި މެކްސިކޯގެ އެހެން ކްލަބެއް އެއް ކަމަށްވާ ޕަޗޫކާ، އެއް އެޑްމިނިސްޓްރޭޝަނެއް ނޫނީ ހިއްސާދާރުންތަކެއް ދަށުން ހިނގާތީ، މުބާރާތުގެ ގަވާއިދު އެކަމަށް ތަންނުދޭ މާއްދާތަކެއް ހުރުމުންނެވެ.

ޕަޗޫކާގެ އިތުރުން މެކްސިކޯގެ ކްލަބެއް ކަމަށްވާ މޮންޓަރޭ އަށް ވެސް މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ 32 ޖާގައިގެ ތެރެއިން ޖާގައެއް ވަނީ ދީފަ އެވެ.

ކްލަބް ލެއޯން އިން ވަނީ ފީފާގެ މި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)، އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި، އެ ކްލަބުން ވާނީ، ކްލަބް ވޯލްޑް ކަޕްގައި ކުޅެން ފުރިހަމަ ވާން ޖެހޭ އެޑްމިނިސްޓްރޭޓިވް ކަންކަން ފުރިހަމަ ކޮށްފައި ކަމަށް ވެސް ކްލަބް ލެއޯން އިން ވަނީ ބުނެފަ އެވެ.

ފީފާގެ ތަރުޖަމާނު ހާމަކުރާގޮތުގައި ކްލަބް ލެއޯން އަށް ފިޔަވަޅު އެޅީ ފީފާ އިން ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު ކަމަށާއި، އެ ޓީމުގެ ބަދަލުގައި ކްލަބް ވޯލްޑް ކަޕްގައި ކުޅޭނެ ޓީމެއް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ.