މަސްކްގެ ސްޓާލިންކަށް ޕާކިސްތާނުގައި ހިދުމަތް ދިނުމުގެ ހުއްދަ ލިބިއްޖެ

22 މާރިޗު 2025 - 10:17 0

އަހުމަދު ދާއޫދު

އ

ސްޓާލިންކަކީ ބިލިއަނަރު އީލޮން މަސްކްގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ---


މަސްކްގެ ސްޓާލިންކަށް ޕާކިސްތާނުގައި ހިދުމަތް ދިނުމުގެ ހުއްދަ ލިބިއްޖެ

22 މާރިޗު 2025 - 10:17 0

މަހުޖަނު އިލޮން މަސްކްގެ ސްޓާލިންކަށް ޕާކިސްތާނުގައި އިންޓަނެޓް ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ލިބިއްޖެއެވެ.

ޕާކިސްތާނުގެ އައިޓީ މިނިސްޓްރީން ހާމަކުރި ގޮތުގައި، ސެޓެލައިޓް އިންޓަނެޓް ހިދުމަތްދޭ ކުންފުނި ސްޓާލިންކަށް ޕާކިސްތާނުގައި ވަގުތީ ގޮތުން ހިދުމަތް ދިނުމުގެ ހުއްދަ ދީފި އެވެ. އެ ކުންފުންޏަށް ވަނީ ވަގުތީ ނޯ އޮބްޖެކްޝަން ސެޓްފިކެޓެއް (އެން.އޯ.ސީ) ދޫކޮށްފައެވެ.

ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އެލޮން މަސްކް ހިއްސާވާ ސްޓާލިންކުން ދޭ އިންޓަނެޓް ހިދުމަތަކީ ލޯ އާތު އޯބިޓް (އެލްއީއޯ) ސެޓެލައިޓްތައް މެދުވެރިކޮށް ދެވޭ ހިދުމަތެކެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު އިލޮން މަސްކް ވަނީ ޕާކިސްތާނުގައި އިންޓަނެޓް ހިދުމަތް ދިނުމަށް ސްޓާލިންކުން ހުއްދައަށް އެދިފައިވާ ކަމަށާއި، ސަރުކާރުގެ ހުއްދައަށް އިންތިޒާރު ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

ޕާކިސްތާނުގެ އައިޓީ މިނިސްޓަރު ޝާޒާ ފާތިމާ ޑޯން ނިއުސްއަށް ވިދާޅުވި ގޮތުގައި، ސްޓާލިންކަށް ވަގުތީ އެންއޯސީ ދޫކުރެވިފައި ވަނީ ހުރިހާ ސެކިއުރިޓީ އަދި ރެގިއުލޭޓަރީ އޭޖެންސީތަކުގެ އެއްބަސްވުމާއެކުގަ އެވެ. ސްޓާލިންކް ޕާކިސްތާނަށް އައުމަކީ ސެޓެލައިޓް އިންޓަނެޓް ހިިދުމަތްތައް ރަސްމީކޮށް ފެށުމުގެ ފެށުން ކަމުގައި ބެލެވޭނެ އެވެ.

ސްޓާލިންކަކީ 2019 ވަނަ އަހަރު އެލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން ތައާރަފުކުރި ހިދުމަތެކެވެ. މި ޚިދުމަތުގެ މަގުސަދަކީ ދުނިޔޭގެ ކޮންމެ ކަންކޮޅަކަށް ވެސް އަވަސް އަދި އަގުހެޔޮ އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމެވެ.

ސްޓާލިންކްގެ ސެޓެލައިޓް ނެޓްވޯކް މެދުވެރިކޮށް، މިހާތަނަށް ދުނިޔޭގެ އެތައް ގައުމެއްގައި އެތައް މިލިއަން މީހުން މި ހިދުމަތުން މަންފާ ހޯދަމުންދެއެވެ.

ޕާކިސްތާނުގައި މި ހިދުމަތް ތައާރަފުކުރެވުމަކީ އެ ގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ވުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.